ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާ އާއި އޭނާގެ ފިރިމީހާ އަނަންދު އަހޫޖާއަށް ފުރަތަމަ ދަރިފުޅު ލިބުނީ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ.

އެ މީހުންނަށް ފިރިހެން ކުއްޖެއް ލިބުނުކަން ފިޔަވައި މިހާތަނަށް އައިރު އެ ކުއްޖާގެ އެންމެ ވެސް ފޮޓޯއެއް މީޑިއާގައި އަދި އާންމުވެފައެއް ނުވެ އެވެ.

މި ދެ މީހުންގެ ދަރިފުޅު ދައްކާލާފައިވަނީ އިންސްޓަގުރާމުގައި މިއަދު ސޯނަމް ކުރި ޕޯސްޓެއްގަ އެވެ. އެ މީހުންގެ ދަރިފުޅަށް ކިޔާފައިވާ ނަމަކީ ވަޔޫ އެވެ. އެ ވީޑިއޯގައި ފެންނަނީ ދެމަފިރިންނާ ދަރިފުޅު ކާރުގައި ބުރެއް ޖަހާލާ މަންޒަރެވެ. މީގެ އިތުރުން ވެސް ސޯނަމްގެ ބައްޕަ އަނިލް ކަޕޫރު ވެސް ކާފަ ދަރިފުޅާއެކު ވަގުތު ހޭދަކުރާ މަންޒަރު ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ.

ވިހައިގެން ދެ މަސް ފަހުން ސޯނަމް ވަނީ ފިޓްވުމުގެ މަސައްކަތް ފަށާފަ އެވެ.

ސޯނަމް ވިހައިގެން ސޯނަމް ދާދިފަހުން ވަނީ އެނާ ފިޓްވުމުގެ މަސައްކަތް ފާށާފައިވާކަން ވެސް އިއުލާނު ކޮށްފަ އެވެ.

ސޯނަމް ކަޕޫރް އާއި އަނަންދް އަހޫޖާ ކައިވެނި ކޮށްފައި ވަނީ މީގެ ހަތަރު އަހަރު ކުރިން، 2018 ވަނަ އަހަރުގެ މޭ މަހު އެވެ. ސޯނަމް އަކީ ބޮލީވުޑްގެ ބަތަލް އަނީލް ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅެވެ.

ސޯނަމް އެންމެ ފަހުން ފެނިގެން ދިޔައީ 2019 ވަނަ އަހަރުގައި ނެރުން "ދަ ޒޯޔާ ފެކްޓާ" ފިލްމް އިންނެވެ.