ކޮފީއަކީ ވަރަށް ގިނަ ސިއްހީ ފައިދާތަކާއި، ހަށިގަނޑަށް ފައިދާ ހުރި ނިއުޓްރިއެންޓްސް އެކުލެވިގެންވާ އެއްޗެއް ކަމަށް ސައިންސްވެރިން އަބަދުވެސް ބުނެ އުޅެ އެވެ..

ހާވާޑް ޔުނިވާސިޓީން 2011 ވަނަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ދުވާލަކު ހަތަރު ކޮފީ ތަށި ބުއިމަކީ ކަންބޮޑުވުމުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ.

އެގޮތުން އެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ކޮފީ ނުބޯ މީހުންނާ އަޅާ ބަލާ އިރު، ކޮފީ ބޯ މީހުން "ސްޓްރެސް" ވުމުގެ ފުރުސަތު 20 ޕަސެންޓު ކުޑަވާ ކަމަށް ދިރާސާގެ ނަތީޖާއިން ދެއްކި އެވެ.

މިހެން މިކަން ވަނީ ކޮފީގައި ހުންނަ ކެފެއިންގެ ސަބަބުން ސްްޓްރެސް ހޯމޯން ކަމަށްވާ މެލޮޓޮނިންގެ ބާރު ކަނޑުވާލައި އެ ހޯމޯންގެ މިންވަރު ދަށްކޮށްދޭތީ އެވެ.

މީގެ އިތުރުން ކޮފީ ބުއިމަކީ ކެންސަރު ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދޭ ކަމެއް ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. އެގޮތުން ފުއްޕާމޭގެ ކެންސަރު އަދި ކޮލެރެކްޓަލް ކެންސަރު ޖެހުމުގެ ރިސްކު 40 ޕަސެންޓަށް ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި މީހާގެ އުމުރު ދިގު ކޮށްދޭންވެސް ކޮފީ އެހީވެދެ އެވެ.

ކޮފީގެ ސިއްހީ ފައިދާތަކުގެ ތެރެއިން ހަށިގަނޑަށް މުހިއްމު މާއްދާއެއް ކަމަށްވާ "ގުލްކޯޒް" އުފައްދައިދެއެވެ. ހަމައެހެންމެ، ސިއްހީ ފައިދާ ތަކުގެ އިތުރުން، ކޮފީ ބުއިމުން ހަށިގަނޑަށް ތާޒާކަން ލިބި ވަރުބަލިކަން އިހުސާސް ވުމުން ދުރުކޮށްދެ އެވެ.