މިއީ ސީފުޑްގެ ބާވަތްތަކަށް ލޯބިކުރާ ފަރާތްތަކަށް ހަމަ ގައިމުވެސް ކަމުދާނެ ޑިޝް އެކެވެ. ތައްޔާރުކޮށްލަން ފަސޭހަ ރަހަމީރު މި ޑިޝް ތިޔަ ބޭފުޅުންގެ ހުކުރު ދުވަހުގެ ސުފުރާ އިތުރަށް ފުރިހަމަ ކޮށްދޭނެ އެވެ.

ބޭނުންވާ ތަކެތި

  • 25 ގ ބަޓަރު
  • 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 2 ލޮނުމެދު (ޗިސްކޮށްފައި)
  • 1 މޭޒުމަތީ ސަމުސާ ގޮދަން ފުށް
  • 2 މޭޒުމަތީ ސަމުސާ ހުދު ރާހުތް
  • ½ ޖޯޑު ހެވީ ކުރީމް
  • 2 ސައި ސަމުސާ މަސްޓަޑް ޕައުޑަރު
  • 750 ގ ޕްރޯންސް (ސާފުކޮށްފައި)

ތައްޔާރު ކުރާނެ ގޮތް

  1. ތަވާގައި ބަޓަރު، އޮލިވް އޮއިލް އަދި ލޮނުމެދު ހޫނު ކުރާށެވެ. ބަޓަރު ކޮޅު ވިރުމުން ގޮދަން ފުށް އެއްކޮށް ކެކި ގަންނަންދެން މަޑު ގިނީގައި ކައްކާށެވެ.
  2. މަޑުމަޑުން ލިކުއިޑް ސްޓޮކް އަޅަމުން ގެންދާށެވެ. އަޅާއިރު ގަނޑުވިޔަ ނުދިނުމަށްޓަކައި ހާކަން ވާނެ އެވެ. ސޯސްގަނޑު ކެކެން ފެށުމުން މަސްޓަޑް، ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު ރަހަ ހެޔޮވަރު ކޮށްލާށެވެ.
  3. ޕްރޯންސް ކޮޅު އެޅުމަށް ފަހު ރޯފިލަންދެން މަޑު ގިނީގައި ކައްކާލާށެވެ. ކައްކާއިރުވެސް ސޯސް ގަނޑު ހާކަން ވާނެ އެވެ. ރަނގަޅަށް ރޯފިލުމުން އުނދުން ނިއްވާލާށެވެ

ބަތާއެކު ސައިޑް ޑިޝް އެއްގެ ގޮތުގައި މި ޑިޝް ސުފުރާ އަށް އިންސާފު ކުރައްވާށެވެ.