ދޯހާ (26 ނޮވެމްބަރު) – ކެޕްޓަން ލިއޮނެލް މެސީގެ ލަނޑަކާއެކު، ވޯލްޑް ކަޕްގައި ރޭ މެކްސިކޯ އަތުން 2-0 އިން މޮޅުވެ، އާޖެންޓީނާ މުބާޜތުގެ ދެވަނަ ބުރުގެ ފުރުސަތު ދަމަހައްޓައިފި އެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވެފައި އޮތުމުން، ރޭގެ މެޗުން މޮޅުވެގެން ނޫނީ އާޖެންޓީނާ އަށް މުބާރާތުގައި ކުރިއަށް ދެވޭކެށް ނެތެވެ.
މެޗުގެ ފުރަތަމ ހާފު އާޖެންޓީނާ އަށް އުނދަގޫވި އެވެ. ގިނަ ފައުލްކަތަކާއެކު، މެކްސިކޯ އިން އާޖެންޓީނާ އަށް ކުޅެގަތުމަށް މާ ބޮޑު ފުރުސަތެއް ނުދިނެވެ.
އެކަމަކު މެޗުގެ 64 ވަނަ މިނިޓުގައި އޭރިޔާ ބޭރުން ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައި، މެސީ ވަނި މުޅި މެޗުގެ އޮއިވަރު ބަދަލުކޮށްލައިފަ އެވެ.
މެޗުގެ ފަހުކޮޅު އާޖެންޓީނާގެ ދެވަނަ ލަނޑު ޖަހައިދިނީ އެންޒޯ ފެނާންޑޭޒް އެވެ.
ގުރޫޕް ސީގައި ޕޯލެންޑް ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު، އާޖެންޓީނާ އާއި ސައޫދީ އަރަބިއްޔާ އޮތީ ތިން ޕޮއިންޓާއެކުއެވެ. އެއް ޕޮއިންޓާއެކު އޮތީ މެކްސިކޯ އެވެ.
މި ގުރޫޕްގައި އާޖެންޓީނާ ކުޅޭ ފަހު މެޗުގައި ޕޯލެންޑް އަތުން މޮޅުވެއްޖެނަމަ، އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެ އެވެ.