އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިއުމުގެ ސަބަބުން ސަސްޕެންޑްކުރި އައްޑޫ ސިޓީ މީދޫ ޚަތީބު، މުހައްމަދު ރަޝީދުގެ ސަސްޕެންޝަން އުވާލާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު ރަޝީދު ސަސްޕެންޑްކޮށް، އޭނާ އިމާމުވެ ނަމާދު ކުރުން ވަގުތީގޮތުން މަނާކުރީ ޚުތުބާއަށް އުނި އިތުރު ގެނެސްގެންކީ ކަމަށް ބުނެ އެވެ. އެފަދައިން އޭނާ އަމަލުކުރި ކަމަށް ނިންމީ އައްޑޫ ބަހުރުވައިން ޚުތުބާ ކިޔުމުންނެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު އޭނާ ސަސްޕެންޑު ކުރީ ޚުތުބާ ކިޔުމުގެ އުސޫލާ ހިލާފުވި ކަމަށް ބުނެ އެވެ.
އޭނާ އައްޑޫ ބަހުން ޚުތުބާ ކިޔުމުން މިސްކިތު ތެރޭގައި ތިބި ބައެއް މީހުން އެކަމަށް ޖޯކުޖަހައި ހޭން ފެށި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.
"ބައެއް މީހުން ވަނީ އެކަމާ ގުޅިގެން މިސްކިތް ދޫކޮށް ގޮސްފައި،" މީދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އިޒްމީރު: ތާރީހާއި މީރު ރަހަތަކާއި ގުދުރަތީ ހިތްގައިމުކަން!
މީރު ރަހަތައް ގުރުބާން ނުކޮށް ވެސް ދުޅަހެޔޮ ކެއުމެއް ކެވިދާނެ!
އާވާރާޕަން 2: ފުރަތަމަ ދުވަހުން ވެސް ރެކޯޑެއް މުގުރާލައިފި
