މޮސްކޯ (10 ޑިސެމްބަރު) - މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ އިޝާރާތެއް އެގައުމުގެ ރައީސް ލަމިޑިއާ ޕުޓިން ދެވަނަ ފަހަރަށް ދީފި އެވެ.

ކިރިގިސްތާނުގެ ވެރިރަށް ބިޝްކެކްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ އެމެރިކާއާ ޚިލާފަށް ރަޝިއާގެ ސިޔާސަތުތަކަކީ ވަގުތާއި ހާލަތާއެކު ބަދަލުކުރާ ސިޔާސަތު ތަކެއް ކަމަށެވެ.

ޕުޓިން މި ބީދައިން ވާހަކަ ދައްކާފައި މިވަނީ މިދިޔަ ހަފްތާ ތެރޭގައި ވެސް ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ވިސްނަމުން ދާ ކަމަށް އޭނާ ވިދާޅުވެފައި ވަނިކޮށެވެ.

ރަޝިއާއިން އީރާނުގެ ނިއުކްލިއާ ހަތިޔާރު ގަންނަމުން އަންނަ ކަމަށް އެމެރިކާއާއި ހުޅަނގުން ތަކުރާރުކޮށް ތުހުމަތުތައް ކުރަމުން ދިޔަ ނަމަވެސް އެ ތުހުމަތު ތަކަށް އެ ދެ ގައުމުންކުރެ އެއްވެސް ގައުމަކުން ރައްދު ދީފައެއް ނުވެ އެވެ.

ޕުޓިން އިތުރަށް ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމަކީ ރަޝިއާއަށް އިން އެންމެ ފަހުން ކުރާނެ ކަން ކަމަށާއި އެއީ އެނޫން ގޮތެއް ނެތުމުން މެނުވީ ކުރާނެ ކަމެއް ނޫން ކަމަށެވެ.

ނިއުކްލިއާ ހަނގުރާމައެއްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ޕުޓިން މީގެ ކުރިން ބުނެފައިވާއިރު އޭނާ ވަނީ ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސުލްހައިގެ ވާހަކަތައް ވެސް ދައްކަވާފަ އެވެ.

ބިޝްކެކްގައި ސަރަހައްދީ ލީޑަރުންނާއެކު ބޭއްވެވި ސަމިޓެއްގައި ޕުޓިން ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނެވޭނީ ދެފަރާތުންވެސް އެއްބަސްވާ ސުލްހަވެރި އެއްބަސްވުމަކަށް އައިސްގެން ކަމަށެވެ. -- އަލް އަރަބިއްޔާ