ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ރޭ ފެނިގެންދިޔަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.
މެޑަމް ފަޒްނާ މިހެން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މެޑަމް ފަޒްނާ ވަނީ އެއްވެސް ހަަމަނުޖެހުމަކާއި ނުލައި އެއް ސަރަހައްދެއްގައި ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީއާއި ޕީޕީއެމްގެ ދެ ޖަލްސާ ފާހަގަކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެތްތެރިކަމަށް ތައުރީފުކުރައްވާފަ އެވެ.
މެޑަމް ފަޒްނާ ވިދާޅުވީ މި ސަރުކާރުގައި ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އޮތްކަން ރޭ ފެނިގެން ދިޔަ ކަމަށާއި ރެއަކީ ތާރީހީ ރެއެއް ކަމަށެވެ. އަދި އެއް ސަރަހައްދެއްގައި އިދިކޮޅު ޕާޓީން އެއްވުން ބޭއްވި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިގާ ކަމަށާއި ބާރުގެ ބޭނުންކޮށް އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާކަން ވެސް ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ.
"ހަމަނުޖެހުމެއް ނުހިނގާ. ބާރުގެ ބޭނުން ނުކޮށް އިދިކޮޅު ޖަލްސާއަށް ހުރަހެއް ނާޅާ. ނުހުއްޓުވާ. މީހަކު ހައްޔަރެއް ނުކުރޭ،" ފަޒްނާގެ ވިދާޅުވެފައިވެ އެވެ.
ފަޒްނާ ވަނީ ރައީސް ސޯލިހަކީ ކެތްތެރިކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.
ވަގުތު ހަމަވިއިރު ވޯޓު ލީ އެންމެ 35 އިންސައްތަ މީހުން
އައްޑޫ ބައިބައިކޮށްލާ ވޯޓަށް ފިނި ތަރުހީބެއް!
ޖަސްޓިންއާއެކު އިތުރު ދަރިން ހޯދަން ބޭނުން: ހެއިލީ