ބްރުސެލްސް (20 ޖެނުއަރީ) - ޔޫރަޕިއަން ޔޫނިއަންއިން އީރާނަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ރޮއިޓާސްއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މިހާރު އީޔޫއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް 37 އަމިއްލަ ނަމެއް އަންނަ ހޯމަ ދުވަހު އިތުރު ކުރާނެ ކަމަށެވެ.

އީޔޫއިން މި ނިންމުން ނިންމާފައި މިވަނީ އީރާނުގެ ގުދުސް ފޯސްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅަން އެ ޖަމާއަތަށް ހުށައަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

އީޔޫއިން ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިތުރު ކުރެވޭ މި ނަންތަކަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތު ކުރެވޭ ފަރާތްތަކެއް ކަމަށެވެ.

މި ދަތިކުރުމުގެ ފިޔަވަޅިތަކަކާއެކު ނަން އިތުރު ކުރެވޭ ފަރާތްތަކަށް އީޔޫގެ އެއްވެސް ގައުމަކަށް އެއްވެސް ހާލަތެއްގައި އެތެރެއެއް ނުވެވޭނެ އެވެ. އަދި ޔޫރަޕްގައި އެއްވެސް މުދަލެއް ހުރިނަމަ އެ އެތަކެތި ފްރީޒް ކުރެވޭނެ އެވެ.

އީޔޫގެ ރައީސް އުރްސުލާ ލަޔަރު ވިދާޅުވެފައިވަނީ މިއީ އީރާނުގައި ހިންގަމުން އަންނަ އިންސާނީ ޖަރީމާތަކާ ދެކޮޅަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. -- އަލް އަރަބިއްޔާ