ބަރުދަން ލުއި ކުރުމަށް އެކި ކަހަލަ ޖޫސް ބޭނުން ކުރުމަކީ މިހާރު އާއްމު ކަމެކެވެ. އެގޮތުން މިފަހަރު މިއޮތީ އަހަރުމެން އާއްމުކޮށް ބޭނުންކުރާ ފަސޭހައިން ލިބޭ ބާވަތަކުން ތައްޔާރުކުރާ ޖޫހެކެވެ.

ކެބެޖު ޖޫހަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް، ވިޓަމުން ސީ އަދި ސަލްފާ އެކުލެވޭ ތަރުކާރީ އެކެވެ. މިއީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ވަރަށް މުހިއްމު މާއްދާތަކެކެވެ.

މީގެ ސަބަބުން ކެބެޖަކީ ގޮހޮރު ޑިޓޮކްސިފައި ކޮށްދޭ ތަރުކާރީ އެއް ކަމުގައި ޑޮކްޓަރުން ބުނެ އެވެ. އެގޮތުން އެންޓިބައޮޓިކްސް ތަޢާރަފް ވުމުގެ ކުރިން، އެތައް އަހަރެއް ވަންދެން ބަލިމީހުނަށް ފަރުވާ ކުރުމަށް ޑޮކްޓަރުން ކެބެޖް ބޭނުން ކޮށްފައިވެ އެވެ.

މީގެ އިތުރުން ކެބެޖު ޖޫހަކީ ބަނޑު ކެއްކުމާއި، ބަނޑަށް އުނދަގޫވުމާއި، ރިއްސުމުގެ އިތުރުން ބޮޑުކަމު ދިޔުމަށް ވަރަށް ފަސޭހަ ބުއިމެކެވެ. ދިރާސާތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ގިނައިން ފައިބާ އެކުލެވޭ ކާނާ އަކީ އަވަހަށް ސަރުބީ ވިރުވާ ދޭނެ އެއްޗެކެވެ. ކެބެޖަކީ ވަރަށް ގިނަ އަދަދަކަށް ފައިބާ އެކުލެވޭ ތަރުކާރީ އެކެވެ.

ހާއްސަކޮށް ފައިބާ އެކުލެވޭ ތަރުކާރީ ކެއުމުން ހަށިގަނޑުން ބޭރު ކުރަން ބޭނުންވާ ފެން ބޮޑު ކަމުދާއިރު ބޭރުވެގެން ދިއުން އަވަސްވާނެ އެވެ. ކެބެޖު ޖޫހަކީ މިކަންކަމަށް ރަނގަޅު ބުއިމެކެވެ.

ހަމައެހެންމެ ކެބެޖު ޖޫހުގައި ކެލޮރީ އެކުލެވޭ މިންވަރު މަދުވުމަކީ ވެސް ބަރުދަން ލުއިކުރުމަށް ކެބެޖު ޖޫހުން އެހީވެދޭ އެއް ސަބަބެވެ. ކެބެޖު ޖޫހުގެ އެއް ތަށީގައި އެވްރެޖުކޮށް ހިމެނެނީ 22 ކެލޮރީ އެވެ.

އެހެންކަމުން މިއީ ބަރުދަން ލުއިކޮށްލުމަށް އަޖުމަ ބަލާލުން ރަނގަޅު ޖޫހެކެވެ. ކެބެޖް ޖޫހަކީ ރަހައާ އެއްވަރަށް ވަސް ވެސް ނުބައި އެއްޗެކެވެ. ނަމަވެސް އެއިން ލިބޭ ނަތީޖާ ފޮނިވާނެ އެވެ.