ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ "އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" އިން މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދާ ހިލާފުވުމުން ލައިސަންސް ބާތިލްކޮށްފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެކްސްޕްރެސް މަނީ އެކްސްޗޭންޖުގެ ލައިސަންސް ބާތިލްކުރީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒްކުރުމުގެ ތެރެއިން، އެ ކުންފުނިން ގަވާއިދާ ހިލާފުވެފައިވާކަން ފާހަގަވެފައި ވުމުން ކަމަށެވެ.
"ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވައިދާ އެއްގޮތުގެ މަތިން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މި އޮތޯރިޓީން އިލްތިމާސްކުރަމެވެ."
އަދި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ކުރިއަށް އޮތް ތަނުގައި ވެސް މި އޮތޯރިޓީންނާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.
ބާތިލްކުރި ލައިސަންސް ދޫކޮށްފައިވާ ކުންފުންޏަކީ އަހުމަދު ސިނާޒް އަދި އަމްޖަދު އިސްމާއިލް ކިޔާ މީހަކު ހިއްސާވެގެން 2024 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކަ އެވެ. ޓިއާ 1 ކެޓަގަރީގައި މި ކުންފުންޏަށް، ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އެންމެ ފަހުން ދޫކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކަމަށް އެމްއެމްއޭގެ ވެބްސައިޓުން އެނގެ އެވެ. އެ މުއްދަތު ހަމަވާ ގޮތަށް އޮތީ އޭޕްރީލް 14، 2031 އެވެ. ނަމަވެސް ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން މިހާރު ވަނީ އެ ލައިންސަސް ބާތިލްކޮށްފައި ކަމަށް މިހާރު ވަނީ ބަޔާންކޮށްފަ އެވެ.
މި ކުންފުނީގެ ލައިސަންސް ބާތިލްކޮށްފައި މި ވަނީ ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ވަރަށް ބޮޑަށް އުފުލެމުން ދަނިކޮށް، އެފަދަ ވިޔަފާރިތަކާ ދެކޮޅަށް ގާނޫނު ހަރުކަށިކުރަން ހުށަހަޅާފައި ވަނިކޮށެވެ.ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ ފަސް މިލިއަން ރުފިޔާއާ ހަމަޔަށް ޖޫރިމަނާކުރެވޭ ކުށެއް ކަމަށް ކަނޑައަޅައި ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
އިސްލާހުގައިވާ ގޮތުން އެމްއެމްއޭ އިން ކަނއަޅާ ރޭޓަށް ވުރެ އަގުބޮޑުކޮށް ބޭރުފައިސާ ވިއްކަން އިޝްތިހާރުކުރުމާއި އެކަމަށް ހިތްވަރުދޭ ލިޔުންތައް ޝާއިއުކުރުމަކީ ވެސް ގާނޫނީ ކުށެކެވެ.
ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމަކީ މިހާރު ވެސް މަނާ ކަމެކެވެ. އަދި ކޮމިޝަނެއް ނަގައިގެން ޑޮލަރު ގަނެވިއްކުން ވެސް ގާނޫނުގެ ދަށުން މިހާރު ވެސް މަނަ އެވެ.
ވީއެމްއޭ އެވޯޑްސް: ނޮމިނޭޝަންތަކުގެ ކުރީގައި މެޑޯނާއާއި ޓޭލާ!
އެވެންޖާސް: ޑޫމްސްޑޭއަށް މިހާރު ވެސް ބޮޑު ކާމިޔާބެއް!
ގައުމުތަކުގެ މެދުގައި ކުރާ ވިޔަފާރި އަވަސްކުރަން އެއްބަސްވުމަކަށް