ޓެބްލެޓްފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވާ ކުދިންނަށް ވުރެ ފޮތުން ބަލައިގެން އެއްޗެހި ދަސްކުރާ ކުދިންނަށް ދަސްވާ މިންވަރު އަވަސް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެ ދިރާސާގައި ބުނަނީ ސްކްރީނުން ބަލައިގެން ދަސްކުރާ މިންވަރަށްވުރެ، ފޮތުން ބަލައިގެން ދަސްވާ މިންވަރު އަވަސް ކަމަށެވެ.
މިއަދުގެ ޖީލު ބޮޑަށް ބަރޯސާ ވަނީ އިލެކްޓްރޯނިކް އާލާތްތަކަށް ކަމަށާއި ސްކޫލުތަކާއި ބެލެނިވެރިންވެސް ކުދިން މިފަދަ ތަކެއްޗަށް އަހުލުވެރިކުރުމަށް މަސައްކަތް ކުރާކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
އެ ދިރާސާގައި ބުނެފައި ވަނީ ސްކޫލުތަކުގައި ކުދިން ފޮތުގެ ބަދަލުގައި އައިޕެޑާއި ޓެބްލެޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި ނަމަވެސް މިއީ ފައިދާއަށްވުރެ ބޮޑަށް ގެއްލުން ހުރިކަމެއް ކަމަށެވެ.
ފޮތުން ބަލައިގެން ކިޔާއިރު ސިކުނޑިއަށް ނަގައިގަނެވޭ މިންވަރު އަވަސްކަން ދިރާސާއިން ދައްކާ ކަމަށްވެސް ބުނެފައިވެ އެވެ.
ނަމަވެސް ފޮތުން ބަލައިގެން ކިޔުމަށްވުރެ އޮންލައިންކޮށް ނުވަތަ ޑިޖިޓަލް ޕްލެޓްފޯމުތައް ބޭނުންކޮށްގެން އެއްޗެހި ކިޔުމަށް ހޭދަވާ ވަގުތު ކުޑަކަން ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.