ގާތުން ދޭ ދުވަސްވަރަކީ މައިމީހާއަށާއި ކުޑަ ދަރިފުޅަށް މުހިއްމު ދުވަސްވަރެކެވެ. މައިމީހާ ކާ ކެއުމުގެ ސީދާ އަސަރު ކުޑަ ދަރިފުޅަށް ކުރާއިރު އެ ދުވަސްވަރު ކެއުމުގައި ސަމާލުވާން ޖެހެ އެވެ. އެގޮތުން މި ބަލާލަނީ ގާތުން ދޭއިރު ދުރުވާންވީ ކެއުންތަކެވެ.

ކެފެއިން

ކޮންމެވެސް ވަރަކަށް ކެފެއިން ހުންނަ އެއްޗެހި ކެއުމަކީ ގޯސް ކަމެއް ނޫނެވެ. އެހެންނަމަވެސް ކެފެއިން ބޭނުންކުރާނަމަ، އޭގެ އަސަރު ދަރިފުޅަށް ކުރާނެ އެވެ. ކެފެއިން ހުންނަ އެއްޗެހި ކައިގެން ނުވަތަ ބޮއެގެން ގާތުން ކިރު ދޭނަމަ، ދަރިފުޅުގެ ނިދުމަށް ބަދަލުތަކެއް އަންނާނެ އެވެ.

ސީފުޑް

މި ދުވަސްވަރު ބައެއް ވައްތަރުގެ ސީފުޑް ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެގޮތުން ސީފުޑްގެ ބައެއް ބާވަތްތަކުގައި ވަރަށް ގިނަ އަދަދަކަށް މާކިއުރީ ހިމެނެ އެވެ. މާކިއުރީ އަކީ އިންސާނުންނަށް ވިހަ އެއްޗެކެވެ.

ކިރުގެ ބާވަތްތައް

ކިރުގެ ބާއަތަކަކީ ގާތުން ކިރު ބޯ ކުދިންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތި ކުރުވާ އެއްޗެހިއެވެ. އެގޮތުން ބައެއް ކުދިންނަށް އެކްޒީމާއާއި އެހެނިހެން ހަމުގެ މައްސަލަތައް ކުރިމަތިވެ އަދި ނިދުމުގައިވެސް ދަތިތަކާއި ކުރިމަތިވެ އެވެ. އެފަދަ އެއްވެސް ކަމެއް ދަރިފުޅުގެ ކިބައިން ފެންނަނަމަ، ކިރުގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓާލާށެވެ.