ތިން އަހަރަށް ފަހު އޮލިމްޕަސްގައި އެޅުވި ފުރަތަމަ ފިލްމު "ބީވީމާ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ގިނަ މަސައްކަތް ކުރަމުން އަންނަ އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ބީވީމާ" ރޭ ވަނީ އޮލިމްޕަސްގައި ރިލީޒްކޮށްފަ އެވެ. މިފިލްމު ބެލުމަށް ގިނަ ބަޔަކު ރޭ އޮލިމްޕަސްއަށް ދިޔަ އެވެ. އަދި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ބައިވެރިވި އެވެ.

"ބީވީމާ"ގައި ލީޑްރޯލުން ފެނިގެންދާ ކޮޕީ އިއްސެ. "ބީވީމާ" ރިލީޒް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

އަހުމަދު ޒަރީރުގެ ފުރަތަމަ ޑައިރެކްޝަން "ބީވީމާ" ގެ މުހިންމު ތަރިންގެ ތެރޭގައި މަރިޔަމް އަޝްފާ، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އާމިނަތު ރަޝްފާ (އާޝާ) އަދި އަހުމަދު ޒިދާން ހިމެނެ އެވެ.

ރޭ ފިލްމު ޕްރިމިއާ ކުރުމާއިއެކު ފުރަތަމަ ޝޯ ހައުސް ފުލްކޮށް ވަނީ ދައްކައިފަ އެވެ. ތަމަޅަ ފިލްމު "96" އަސްލަކަށް ބަލައިގެން އުފައްދާފައިވާ "ބީވީމާ" އަކީ އަހަރުތަކެއް ފަހުން ދެ ލޯބިވެރިން އަލުން ބައްދަލުވެ ދެން ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

"ބީވީމާ" ރިލީޒް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

މިފިލްމުގެ ރިވިއުތަކަށް ބަލާއިރު ބެލުންތެރިންގެ ފަރާތުން ދަނީ ރަނގަޅު ކޮމެންޓުތަކެއް ލިބެމުންނެވެ. ހާއްސަކޮށް ފިލްމުގެ ލީޑު ހަތަރު ތަރިންގެ އެކްޓިންއަށް ބެލުންތެރިން އަންނަނީ ތައުރީފު ކުރަމުންނެވެ.

"ބީވީމާ" ރިލީޒް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

މި ފިލްމުގެ ކުރިއަށް ހުރި ބައެއް ޝޯވްތައް ވެސް ވަނީ ފުލްވެފަ އެވެ. އާއްމުންގެ ތަރުހީބަށް ބަލާ އިތުރު ޝޯތަކެއް ގެނެސްދިނުމަށް ޑާކްރެއިން އެންޓަޓައިންމަންޓުން ވަނީ ނިންމާފަ އެވެ.