އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ސްވީޓް ސަޕްރައިޒްގެ ނަމުގައި ހާއްސަ ޕްރޮމޯޝަންއެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން މެދުވެރިކޮށް ކައިރީގަ އާއި ދުރުގައި ތިބި އާއިލާއާއި ރައްޓެހިން އަދި އެންމެ ލޯބިވާ މީހުންނަށް ހާއްސަ ހަދިޔާއެއް ފޮނުވާލުމަށް ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެހިސާބަކަށްވެސް ފޮނުވާލެވޭނެ އެވެ.
މި ޕްރޮމޯޝަންގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑްތަކާއި، ކެކްޓަސްގެ މާ ބޮކޭ އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސްގެ އިތުރުން ސްޕޭސްގެ ހާއްސަ ބްރައުނީ ހިމެނެ އެވެ. ލޯބިވާ މީހުންނަށް މީރު ސަޕްރައިޒެއް ފޮނުވުމަށެވެ.
- މޫލީ ފިހާރައަށް ޒިޔާރަތްކުރުން
- www.moolee.mv ޝޮޕް ހިޔާރުކުރުފަހު SWEET SURPRISE ނުވަތަ ބޭނުންފުޅުވާ ކެޓެގަރީއެއް ހިޔާރުކުރައްވާ
- ބޭނުންވާ އައިޓަމް ހިޔާރުކުރުފަހު ADD TO CART އަށް ފިތާލާ.
- ކާޓް އަށް ގޮސް ޗެކްއައުޓް ކުރޭ
- ޑެލިވަކުރަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖަހާ
- އޯޑަރު ކަށަވަރު ކުރުމަށް ޕޭމަންޓް ކޮންފާމްކުރޭ
ސްވީޓް ސަޕްރައިޒް ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 15 ގެ ނިޔަލަށެވެ. މޫލީ އިން ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް މޫލީގެ ހިދުމަތްތައް ބޭނުންކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުޅިން ހިލޭ ޑެލިވާކުރެވޭނެ އެވެ.