ކޮންމެވެސް ސަބަބަކާ ހުރެ މޫނުގައި އޮށާޅަ ނެގުމަކީ އާއްމު ކަމެކެވެ. ވަކިން ޚާއްސަކޮށް ޒުވާން ކުދިންގެ މޫނުގައި މިގޮތަށް އޮށާޅަ ނެގުމަކީ އާއްމު ކަމެކެވެ.
އާއްމުކޮށް މޫނުގައި އޮށާޅަ ނަގަނީ ހޯމޯންތަކަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ. ނަމަވެސް އާއްމު ސާފުތާހިރު ކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން ވެސް މޫނުގައި އޮށާޅަ ނެގުމަށް މެދުވެރިވެ އެވެ. އަދި ހަމަ އެހެންމެ، މާގަދަޔަށް ކަންކަމާ ހާސްވުމުން ވެސް އޮށާޅަ ނަގާ ގޮތްވެ އެވެ.
ކުރެވޭ ވަރަށް ކުޑަ ކަމުން ވެސް މޫނުގައި އޮށާޅަ ނަގާފާނެ އެވެ. މިސާލަކަށް އަވި އައިނު އެޅުމުގެ ސަބަބުން ވެސް މޫނުގައި އޮށާޅަ ނެގުމަށް މެދުވެރިވެ އެވެ.
އައިނު އެޅުމުގެ ސަބަބުން މޫނުން ހިއްލާ ދާތައް މޫނުގައި ޖެހިފައި ގިނަ ވަގުތު ހުންނަ ކަމަށާއި މިކަމުގެ ސަބަބުން އޮށާޅަ ނަގާ ކަމަށް މާހިރުން ބުނެފައިވެ އެވެ.
މީގެ އިތުރުން ގިނައިރު އަވީގައި އުޅުމާއި ބޭނުން ކުރެވޭ އުފެއްދުންތަކުގެ ސަބަބުން ވެސް އޮށާޅަ ނަގާފާނެ އެވެ.
އެޕޯލޯ ކްރިސްޓަލް އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި
މިއީ މިނިވަން ދުވަހުގެ ޖަލްސާއަށް ނުކިޔާ ފުރަތަމަ ފަހަރު: ނަޝީދު
ހުޅުމާލޭގައި 14 ބުރީގެ ކޯޓު ކޮމްޕްލެކްސްއެއް އަޅަން ހަވާލުކޮށްފި