މައްސަރު ކަންތައް ލަސްވުމަކީ މިހާރަކަށް އައިސް އަންހެނުންނަށް ދިމާވާ އާއްމު ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ އެކަމަށް ގޭގައި ދެވިދާނެ ފަރުވާ ތަކަށެވެ. މި ފަރުވާތައް ކުރުމުގެ ކުރިން ޕީރިއަޑް ލަސްވަނީ ބަލިވެ އިނުމުގެ ސަބަބުން ނޫންކަން ޔަގީން ކުރަންވާނެ އެވެ.

ޕާސްލީ

ޕާސްލީ އަކީ ޒަމާނުއްސުރެ މައްސަރު ދުވަސްވަރުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުން އަންނަ ބާވަތެކެވެ. ޕާސްލީގައި ހިމެނޭ ދެމާއްދާ ކަމަށްވަ "އެޕިއޮލް" އަދި "މައިރިސްޓިސިން" އަކީ ރަހުމުގެ ކޮންޓްރެކްޝަންތައް ރަނގަޅުކޮށްދޭ ދެ މާއްދާ އެވެ.

ބޭނުންކުރާނެ ގޮތް: 6ގ ހިކިޕާސްލީ ފަތް ހޯދުމަށްފަހު ފެނަށް އަޅައިގެން ކެއްކުމަށްފަހު ބޯށެވެ. 6ގ 3 އިރަށް ބަހާލައިގެން ފަހަރަކު 2ގ 150މލ ފެނަށް އަޅައިގެން ބޯށެވެ.

ފަޅޯ

ފަޅޮލަކީ މައްސަރު ދުވަސްތަކުގެ މައްސަލައަށް އެންމެ ރަނގަޅު އެއް މޭވާ އެވެ. އެއްކޮށް ދޮންނުވެ ހުންނަ ފަޅޮލުގައި ހިމެނޭ ކެރޮޓެރީން ކިޔާ މާއްދާއިން އީސްޓްރޮޖެން ހޯމޯން އުފައްދައި ދިނުމުން މައްސަރު ކަންތައް ލަސްވެފައި ތިބޭ މީހުންގެ މައްސަރުކަންތައް ޖެހުން އަވަސްކޮށްދެ އެވެ.

ބޭނުންކުރާނެ ގޮތް: ރޯފަޅޯ ބޭނުންކުރާނީ ޖޫހެއް ގޮތަށް ތައްޔާރުކުރުމަށްފަހު އެވެ. 200މލ ޖޫސް ދުވަހަކު ދެފަހަރު ބޭނުން ކުރަމުން މައްސަރު ދުވަސްތައް ދިމާވުމުން ދެން ބޯތައްޓެއްގެ ދޮންފަޅޯ ކާށެވެ. މިފަރުވާ ހޯދަން ފެށުމުން މައްސަރު ދުވަސްތައް ގަވައިދުން ޖެހޭނެ އެވެ.

އިނގުރު

އިނގުރަކީ މައްސަރު ދުވަސްވަރުގެ މައްސަލަތަކަށް އޮތް އެންމެ ރަނަގޅު އެއް ހައްލެވެ. އިނގުރުގައި ހިމެނޭ މާއްދާތަކުން މައްސަރު ދުވަސްވަރު އަންނަ ލޭ އެއްވަރެއްގައި ހިފަހައްޓައި ދެ އެވެ.

ބޭނުންކުރާނެ ގޮތް: އިނގުރުކޮޅަކަށް މާމުއި އެޅުމަށް ފަހު ޖޫސް ތައްޔާރުކޮށްގެން ކޮންމެ ދުވަހަކު ހެނދުނު ހުސް ގޮހޮރާ ހުރެ ބޯށެވެ. މައްސަރު ދުވަސްތައް ޖެހުން ގާތްވުމުން މިފަރުވާ ދިނުމުން އަވަހަށް މައްސަލަ ހައްލުވާނެ އެވެ.