މޮސްކޯ (22 ފެބްރުއަރީ) އެމެރިކާއާއެކު ރަޝިއާއިން ވެފައިވާ ނިއުކްލިއާ ހަތިޔާރުގެ އެއްބަސްވުން އެގައުމުން އުވާލައިފި އެވެ.

ރަޝިއާގެ ރައީސް ލަމިޑިއާ ޕުޓިން މިކަން އިއުލާން ކޮށްފައިވަނީ އެގައުމުގެ ޕޮލިޓިކަލް އެންޑް މިލިޓަރީ އެލީޓްއާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.

ފިނި ހަނގުރާމައިގައި ބޭނުން ކުރެވުނު ނިއުކްލިއާ ހަތިޔާރުތައް ހިއްސާ ކުރުމުގެ އެއްބަސްވުންތަކެއް އެ ދެގައުމުގެ މެދުގައި އޮތީ ވެވިފަ އެވެ.

ޕުޓިން އިތުރަށް ވިދާޅުވީ އެމެރިކާއިން ނިއުކްލިއާ ޓެސްޓުތައް ކުރަން ތައްޔާރު ވަމުން އަންނަ ކަމަށާއި އެހެން ކަމުން ބޭނުން ޖެހިއްޖެ ހާލަތެއްގައި ރަޝިއާއިން ވެސް ނިއުކްލިއާ ޓެސްޓު ކުރަން ތައްޔާރުވާން ޖެހޭ ކަމަށެވެ.

"ރަޝިއާއިން ނިއުކލިއާ ޓެސްޓު ކުރަން އިސް ނުނަގާނެ. އެހެން ނަމަވެސް އެންމެ ފުރަތަމަ އެމެރިކާއިން އެކަން ކޮށްފިނަމަ ރަޝިއާއިން ވެސް ކުރާނެ" ޕުޓިން ވިދާޅުވި އެވެ.

ރަޝިއާގެ މި ނިންމުމާއެކު އެގައުމުގެ ނިއުކްލިއާ ހަތިޔާރުތަކުގެ ސިޔާސަތުތަކާ މެދު އެމެރިކާއާއި ހުޅަނގުން އިތުރަށް ކަންބޮޑުވުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

ޔޫކްރެއިން ހަނގުރާމައިގެ މައްސަލާގައި ރަޝިއާއާއި ހުޅަނގުގެ ގައުމުތަކުގެ ގުޅުންތައް ހީނަރުވެފައިވާ ދަނޑިވަޅެއްގައި އެގައުމުން ނިންމި މި ނިންމުމަކީ އެގުޅުންތައް އިތުރަށް ހީނަރުވެގެންދާނެ ނިންމުމެކެވެ.-- އަލް އަރަބިއްޔާ