ނިދުމުގައި ކޮންމެ މީހަކު ވެސް ގެންގުޅެނީ ތަފާތު އާދަ ތަކެކެވެ. ތަފާތު އުކުޅު ތަކެކެވެ. އެއީ އެމީހަކަށް އެންމެ ފަސޭހަވާ ގޮތަށް ދެނެގަނެފައިވާ ގޮތްތަކެވެ.

މިގޮތުން ނިދަން އޮންނަ ގޮތަކީ ހަމަ ކޮންމެ މީހަކު ވެސް އެމީހަކަށް ފަސޭހަވާނެ ގޮތަށް ޚިޔާރުކުރާ ކަމެކެވެ. އެއްބަޔަކު އުއްޑުން އޮންނަން ބޭނުންވާއިރު އަނެއް ބަޔަަކަށް ފަސޭހައީ ބަންޑުން އޮންނާށެވެ.

މިހެން އޮވެވޭ ގޮތަކީ އެމީހެއްގެ ސިއްހަތާ ގުޅުންހުރި ކަމެއްކަން އެނގޭނެ މީހަކު މަދުވާނެ އެވެ. ނިދަން އޮންނަ ގޮތަކުން އެމީހެއްގެ ސިއްހަތާ ބެހޭގޮތުން އެތައް ވާހަކައެއް ބުނެދެ އެވެ.

އުއްޑުން އޮތުން

އުއްޑުން އޮވެ ނިދުމަކީ ސިއްހަތަށް އެންމެ ފައިދާހުރި ގޮތެވެ. މިގޮތަށް އޮތުމަކީ ނިދާފައި އޮންނައިރު މީހާގެ ހަށިގަނޑު ސީދަލަށް އޮންނާނެ ކަމަކަށް ވާތީ އުއްޑުން އޮވެ ނިދާ މީހުން މައިބަދައިގެ މައްސަލަތަކާއި މަސްގުޅަ ކެއުން ފަދަ ކަންކަމުން ދުރުވެ އެވެ. ހަމަ އެހެންމެ މޫނަށް ވައި ލިބުމުގެ ސަބަބުން އުއްޑުން އޮވެ ނިދުމަކީ ހަންގަނޑަށް ވެސް އެންމެ ފައިދާހުރި ގޮތެވެ.

އަރިއަކަށް އޮތުން

ކަނާތަށް ނުވަތަ ވާތަށް އެނބުރިގެން އަރިއަކަށް އޮވެ ނިދުމަކީ އެންމެ ގިނަ މީހުން ނިދަން އޮންނަ ގޮތެވެ. އެހެން ނަމަވެސް މިހެން ނިދުމަކީ އަތްފައި އައްސިވުމާއި ރިހުން ފަަދަ ކަންކަމަށް މަގުފަވާނެ ކަމެކެވެ. ކަނާތަށް އޮންނައިރު ހަޖަމު ކުރުމާއި މެއިން ދިލަ ނެގުމަށް މަގުފަހިވި ނަމަވެސް އަރިއަކަށް އޮތުމަކީ ހަށިގަނޑުގައި ލޭ ދައުރުވުން ވެސް ރަނގަޅު ކޮށްދޭ ކަމެކެވެ.

ބަންޑުން އޮތުން

ބަންޑުން އޮވެ ނިދާ މީހުންނަށް އޮތީ ހިތާމަވެރި ހަބަރެކެވެ. މިއީ ނިދަން އޮތުން އެންމެ ގޯސް ގޮތެވެ. ބަންޑުން އޮވެ ނިދާނަމަ ކަރަށް ނާރެއް އަރައި މަސްގުޅަ ކެއުން ވަރަށް ގާތެވެ. މީގެ އިތުރުން މިގޮތަށް ނިދާ މީހުންގެ މެދުގައި މައިބަދައިގެ ބަލިތައް ވެސް އާއްމު ކަމަށް ދައްކަ އެވެ. ނިދި ހަމަކުރުން އެންމެ އުނދަގޫވަނީ ވެސް މިފަދަ މީހުންނަށް ކަމަށް ދިރާސާތަކުން ދައްކަ އެވެ.