ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން، އާއިލާއާއެކު ދިރިއުޅެމުން އަންނަ ގެ "މަންނަތު" ސެކިއުރިޓީ ފޫއަޅުވާލައި ދެ މީހަކު އެގެއަށް ވަންނަން މަސައްކަތް ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ޝާހުގެ ފޭނުންތަކެއް ކަމަށްވާ ގުޖުރާތުގެ އެ ދެ ޒުވާނުން އޭނާގެ ގެއަށް ވަންނަން މަސައްކަތް ކޮށްފައިވަނީ ފާރު މަތިން އަރައިގެންނެވެ.
އެހެން ނަމަވެސް ގެއަށް ވަދެވުމުގެ ކުރިން މުމްބާއީގެ ބެންޑްރާ ޕޮލިހުން ވަނީ އެ ދެ ޒުވާނުން ހައްޔަރުކޮށްފަ އެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެރޭ ފަތިހު އެވެ.
އެ ދެމީހުން މަންނަތުއަށް ވަންނަން މަސައްކަތްކުރާކަން އެނގުމާއެކު ސެކިއުރިޓީ ގާޑުން ވަނީ އާއިލާގެ މެމްބަރުންނަށް އެކަން އަންގައި ފުލުހުންނަށް ވެސް ތައްސަލަ ހުށައަޅާފަ އެވެ.
ޝާހުރުކް ޚާންއަކީ ބޮލީވުޑްގައި އެންމެ މަގުބޫލު އެއް ތަރިއަށްވާއިރު ކޮންމެ ދުވަހަކު ވެސް އޭނާގެ ގޭގެ ކައިރިއަށް އެތައް ހާސް ބަޔަކު ޖަމާވެ އެވެ.
މި ހާދިސާއާ ގުޅިގެން ޝާހު އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ދެ މަސް ބޯޓެއް
އަލްކާގެ ސިއްހަތާމެދު ގިނަ ބަޔަކު ކަންބޮޑު ވެއްޖެ
ރޮނާލްޑޯ ޖޫނިއާ ވޯލްޑް ކަޕް ކުޅޭނީ ކޮން ގައުމަކަށް؟