ރީތި އަދި ސިއްހަތު ރަނގަޅު އިސްތަށިގަނޑެއް ބޭނުން ނަމަ އިސްތަށިގަނޑު ކޮންޑިޝަން ކުރުމަކީ ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. އިސްތަށިގަނޑު ކޮންޑިޝަން ކުރުމުން ކޮންމެ އިސްތަށްޓަކަށް ވަކިން ރައްކާތެރިކަން ފޯރުކޮށްދީ އިސްތަށިތައް ހަލާކުވުމުން ދުރުކޮށްދެ އެވެ.

ހަމަ އެހެންމެ އިސްތަށިގަނޑަށް އިތުރު އޮފުކަމެއް ވެސް ގެނުވައިދެ އެވެ. އިސްތަށްޓަށް ވަކިން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނަތީޖާއެއްގެ ގޮތުން އިސްތަށިތަކުގައި ގޮށްޖެހުން ދުރުކޮށްދީ އިސްތަށިގަނޑު ހަލާކުވުމުން ރައްކާތެރިކޮށްދެ އެވެ.

އިސްތަށިގަނޑު ކޮންޑިޝަން ކުރާނެ ފޯމިއުލާއެއް އަމިއްލައަށް ތައްޔާރުކުރުމަކީ މިހާރު މާ އުނދަގޫ ކަމެއް ނޫނެވެ. އެގޮތުން ތިރީގައިވާ މާސްކުގެ އެހީގައި ޔަގީނުން ވެސް އިސްތަށިގަނޑަށް އޮފުކަން ގެނުވައިދޭނެ އެވެ.

ބޭނުން ވާނެ ތަކެތި:

  • ޒައިތޫނި ތެޔޮ (އޮލިވް އޮއިލް)
  • ބިހުގެ ގޮބޮޅި
  • ބޮލުގައި އަޅާނެ ކެޕެއް

ހަދާނެ ގޮތް

  1. ކުޑަ ތަށްޓަކަށް އެއް ސަމުސާ ޒައިތޫނި ތެޔޮ އެޅުމަށް ފަހު ތެޔޮ ފޮދު ހޫނުކޮށްލުމަށްޓަކައި ގާތްގަނޑަކަށް ފަސް ސިކުންތު ވަންދެން މައިކްރޯވޭވް ކޮށްލާށެވެ. ނަމަވެސް ބިސް އެއްކުރުމުން ބިސް ރޯ ފިލާވަރަށް ތެޔޮ ފޮދު ހޫނު ނުކުރާށެވެ.
  2. ތެޔޮ ފޮދަށް، އެއް ބިހުގެ ގޮބޮޅި އެއްކުރުމަށް ފަހު ރަނގަޅަށް ގިރާލާށެވެ.
  3. ތައްޔާރުކުރި ކޮންޑިޝަނާ އިސްތަށިގަނޑުގައި އުނގުޅާށެވެ.
  4. ކެޕް އަޅައި، އިސްތަށިގަނޑު ނިވާކުރާށެވެ. މިގޮތަށް ގާތްގަނޑަކަށް 20 މިނެޓު ވަންދެން ބެހެއްޓުމަށް ފަހު ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ދޮވެލާށެވެ.