ތިލަމާލެ ބްރިޖްގެ މަސައްކަތަށް ގެނެސްފައިވާ "ރުމައިލާ" ފުރީ މިވަގުތަށް ބްރިޖްގައި ކުރާނެ މަސައްކަތެއް ނެތުމުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "ރުވިދާޅުވީ ރުމެއިލާ" ފޮނުވާލީ މިވަގުތު އޭގެ އެހީގައި ކުރަން ހުރި ބްރިޖު މަސައްކަތްތައް ނިމުމުން ކަމަށާއި އެ އުޅަނދު ދިޔަޔަސް، ބްރިޖު މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

އެ މިނިސްޓްރީން މިިހެން ބުނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައިވާ ރުމައިލާ ގަތަރަށް ފޮނުވާލީ ފައިސާ ނުދެއްކި މައްސަލައިގައި ކަމަށް ބުނެ ބައެއް ވާހަކަތައް ފެންމަތިވެފައި ވަނިކޮށެވެ.

އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މިހާތަނަށް ފައިސާގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާއެކު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރު އެވެ. އެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާއިން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގަ އެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ "ތިލަމާލެ ބްރިޖް" ގެ މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.