ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑު ކަމަށްވާ ރަންވީރު ސިންހްއާއި އަންހެނުން ދީޕިކާ ޕަދުކޯންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭ ކަމުގެ އަޑުތައް އަރައިފި އެވެ.

މިކަހަލަ އަޑުތަކެއް އަރާފައި މިވަނީ މިފަހުން ބޭއްވި ކުޅިވަރުގެ އިވެންޓަކަށް އެ ދެތަރިން ގޮސް އުޅުމުގެ ތެރޭގައި ދީޕިކާގެ އަތުގައި ހިފަން ރަންވީރު އަތްދިއްކުރުމުން އެކަމަށް ދީޕިކާ އަޅާނުލުމުންނެވެ.

އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި މުޅި އެ އިވެންޓުގެ ތެރޭގައި ވެސް ދެތަރިންގެ މެދުގައި ނުތަނަވަސްކަން އުޅޭކަން ފާހަގަ ކުރެވިފައިވެ އެވެ.

މި މަންޒަރުގެ ވީޑިއޯތައް އިންޓަނެޓުގައި ދައުރުވަމުން ދާއިރު ގިނަ ބަޔަކު އަންނަނީ ދެމީހުންގެ މެދުގައި ކޮންމެވެސް މައްސަލައެއް ޖެހިފައިވާ ކަމަށް ބުނަމުންނެވެ.

މި ހަބަރުތައް އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައި ނުވާއިރު އޭގެ ފަހުން ބޭއްވި އެހެން އިވެންޓެއްގައި އެ ދެތަރިން ވަރަށް ގާތްކޮށް އުޅޭ މަންޒަރުވެސް ވަނީ ފެނިފަ އެވެ.

ދީޕިކާއާއި ރަންވީރުއަކީ ބޮލީވުޑްގެ "ސްޓާ ކަޕަލް"ތަކުގެ ތެރޭގައި ހިމެނޭ ޖޯޑެކެވެ. އެ ދެތަރިންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ވެސް ސަޕޯޓަރުން ވަރަށް ގާތުން ބަލަމުން އާދެ އެވެ.