ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއަށް އަނެއްކާ ވެސް މަރުގެ އިންޒާރެއް ލިބިއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އޭޕްރީލް 30 ވަނަ ދުވަހު ސަލްމާނަށް ލިބުނު އެ އިންޒާރުގެ ކޯލް ކޮށްފައިވަނީ ކުޑަ ކުއްޖެކެވެ. މުމްބާއީ ފުލުހުން ވެސް ވަނީ ސަލްމާނަށް މަރުގެ އިންޒާރު ލިބިފައިވާކަން ޔަގީން ކޮށްދީފަ އެވެ. އެއާއެކު ކުރެވުނު ތަހުގީގުތަކުން 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ އިންޒާރުގައި ބުނެފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ސަލްމާން މަރާލާނެ ކަމަށެވެ.
މީގެ ކުރިން ވެސް ސަލްމާނަށް ވަނީ އެކިފަހަރު މަތިން މަރުގެ އިންޒާރުތައް ލިބިފަ އެވެ.
އެފްޑީސީއަށް 3 ވަނަ ޑީއެމްޑީއަކު ހަމަޖައްސައިފި
މޮނާ އާއި މާކްގެ ކެންސަރު ވެކްސިންއަށް ބޮޑު ކާމިޔާބެއް!
ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކި ޒުވާނާގެ ދައުވާތައް ނަގައިފި