އިންޑިއާގެ ޓީވީ ތަރި އުރްފީ ޖާވިދު އަކީ އަބަދުވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ތަރިއެކެވެ. އޭނާ އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަނީ ނިވާކަން ކުޑަކޮށް އަދި ތަފާތު ގޮތްގޮތަށް ހެދުން އަޅާތީ އެވެ.

އެންމެ ފަހު މިވަނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ވެސް ވަނީ އުރްފީގެ ހެދުން އެޅުމުގެ ސްޓައިލަށް ފާޑުކިޔާފަ އެވެ.

ރަންބީރު އުރްފީއަށް ފާޑުކިޔާފައި ވަނީ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ގެނެސްދޭ ޝޯއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަންބީރު ބުނީ އުރްފީގެ ހެދުމުގެ އެޅުމުގެ ސްޓައިލަކީ "ބޭޑް ޓޭސް" އެއް ކަމަށެވެ.

ރަންބީރު ދެއްކި ވާހަކަތަކާ ހިތްހަމަނުޖެހުން ފާޅުކޮށް އުރްފީ ބުނެފައިވަނީ އޭނާ ކޮންމެ ގޮތަކަށް ހެދުން އެޅިނަމަވެސް އެއީ ރަންބީރާ ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި ރަންބީރު އޭނާއަށް ފާޑުކީ ލަދުހަޔާތެއް ނެތުމުން ކަމަށް ވެސް އުރްފީ ބުނެފައިވެ އެވެ.

އެހެން ނަމަވެސް ފަހު އުރްފީ ވަނީ ރަންބީރާ ބެހޭ ގޮތުން އެފަދަ ގޮތަކަށް ވާހަކަ ދައްކާފައިނުވާނެ ކަމަށް ބުނެފަ އެވެ. އަދި އެޝޯގައި އޭނާގެ ހެދުން އެޅުމުގެ ސްޓައިލަށް ކަރީނާ ތައުރީފުކޮށް ވާހަކަ ދެއްކި ކަމަށްވެސް އުރްފީ ވަނީ ބުނެފަ އެވެ.

އުރްފީ އުޅޭގޮތުން އޭނާ އަށް އެތައް ބަޔަކު ފާޑުކިޔަސް، އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ.

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ "މޭރީ ދުރްގާ" ގައި އާތީގެ ރޯލުން ވެސް އުރްފީ ވަނީ ފެނިގެން ގޮސްފަ އެވެ. އަދި މީގެ އިތުރުން ބިގް ބޮސް އޯޓީޓީ ސީޒަން 1 ގައިވެސް އޭނާ ވަނީ ބައިވެރިވެފަ އެވެ.