މި މާތްވެގެންވާ ރަމަޟާން މަހު މާތްވެގެންވާ ހަރަމްފުޅުގައި އުމްރާ ކުރުމަކީ ހަމަ ކޮންމެ މުސްލިމަކު ވެސް ދެކޭނެ ހުވަފެނެކެވެ. އެ މާތް ބިމުގައި މި މައްސަރުގެ ހެޔޮކަމާއި ދަރުމަ ހޯދުމަކީ މިމަހު އުމްރާއަށް ދިޔަ ކޮންމެ މުސްލިމެއްގެ ވެސް އަޒުމަކަށް ވާނެ އެވެ.

ނަމަވެސް މިސްރަށް ނިސްބަތްވާ އުމުރުން 100 އަހަރުގެ މި މުސްލިމް އަޚާގެ އެންމެ ފަހުގެ އެދުމަަކަށްވީ ތަފާތު އެދުމެކެވެ. މާތްވެގެންވާ މައްކާގެ ބިމުގައި އޭނާ މަރު ގެންނެވުމެވެ.

މި ރޯދަމަހުގެ ފަހުދިހަގައި އުމްރާވުމުގެ ނިޔަތުގައި މައްކާއަށް ދިޔަ އެ މީހާގެ އެންމެ ފަހުގެ އެދުން މާތް ﷲ ފުއްދަވައިދެއްވީ ހައިރާން ކުރުވަނިވި ގޮތަކަށެވެ.

އާއެކެވެ. އެ އަޚާގެ މަރު ގެންނެވީ މައްކާގެ މާތްވެގެންވާ ބިމުގަ އެވެ. މަސްޖިދުލް ހަރާމްގެ ކައުބަތުﷲ ގެފުޅުގެ ކައިރީގައި އުމްރާގެ އަޅުކަން ފުރިހަމަ ކުރަނިކޮށެވެ.

އުމުރުގެ 100 އަހަރު ހޭދަކުރުމަށްފަހު އޭނާ ނިމިގެން ދިޔައީ އޭނާ އެންމެ ބޭނުންވި ގޮތަށެވެ. މާތް ﷲއަށް ކުއްތަންވުމުގައި ދެމިހުއްޓަ އެވެ.ި

ހައްޖާއި އުމްރާގެ އަޅުކަމުގައި ކޮންމެ އަހަރަކު ވެސް އެތައް މުސްލިމުންނެއް މި ދުނިޔެއާ ވަކިވެ އެވެ. މާތް ﷲ އަޅަމެން އެންމެންނަށް ވެސް އެފަދަ ހެޔޮ މަރެއް ދެއްވާށި އެވެ!