އަޑުގަދަކުރާ ބޭނުންކޮށްގެން ފަތިސް ނަމާދުގެ ބަންގި ގޮވަން ހުއްދަދިން އެމެރިކާގެ އެންމެ ފުރަތަމަ ބޮޑު ސިޓީއަކަށް މިނިއޮޕޮލިސް ވެއްޖެ އެވެ.

މިނިއޮޕޮލިސްގެ ސިޓީ ކައުންސިލުން މިހަފްތާގައި ވަނީ އެ ސިޓީގެ ގަވާއިދުތަކަށް ބަަދަލު ގެނެސް ފަތިސް ގަޑީގައި ބަންގި ގޮވުމަށް އަޑުގަދަކުރާ ބޭނުން ކުރެވޭ ގޮތް ހަދާފަ އެވެ.

މީގެ ކުރިން އެ ސިޓީގައި އަމަލު ކުރަމުން ދިޔަ ގަދަ އަޑުތައް ނައްތާލާ ގަވާއިދުގެ ދަށުން ފަތިސް ނަމާދާއި އިޝާ ނަމާދުގެ ބަންގި އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވުމަކީ މަނާ ކަމެކެވެ.

މުސްލިމުންގެ ރަމަޟާން މަހުގައި ގެނެވުނު މި ބަދަލާއެކު އެ ސަރަހައްދުގައި ދީނީ މިނިވަންކަން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

މިނިއޮޕޮލިސްގައި މުސްލިމުންގެ އާބާދީ ބޮޑުވަމުން އަންނައިރު މިސްކިތްތަކުގެ އަދަދު ވެސް އަންނަނީ ގިނަވަމުންނެވެ. އެ ސިޓީގެ ކައުންސިލްގެ 13 މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ މުސްލިމުންނެވެ.

މިނިއޮޕޮލިސްއިން މިދިޔަ އަހަރު ވަނީ ރޭގަނޑު 10:00 ން ހެނދުނުގެ 07:00 އަށް ފިޔަވައި މުޅި އަހަރު ތެރޭގައި އަޑުގަދަކުރާއިން ބަންގި ގޮވުން ހުއްދަ ކޮށްފަ އެވެ.

އެ ސިޓީގެ ހޫނު މޫސުމުގައި ފަތިހު 05:30 ގައި ފަތިސް ނަމާދަށް ބަންގި ގޮވާއިރު އިރު އޮއްސެނީ ރޭގަނޑު 09:00 ގެ ފަހުންނެވެ.