ވަރުގަދަ އިސްތަށިގަނޑަކަށް ބިހަކީ އަޖާއިބެއް ފަދަ އެއްޗެކެވެ. އޭގައި އެކުލެވޭ ޕްރޮޓީންގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަވެ ބޯވާއިރު ބިހުގެ ސަބަބުން އިސްތަށިގަނޑުގެ ވިދުން ވެސް ރީތިވެ އެވެ.

ބިހުގެ ފައިދާ އިސްތަށިގަނޑަށް އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދިނުމަށްޓަކައި އެކި ގޮތްގޮތަށް ބޭނުން ކުރެވެ އެވެ. އެއިން ކޮންމެ ގޮތަކީ ވެސް އިސްތަށިގަނޑުގެ ރީތިކަން އިތުރުކޮށްދޭ ގޮތެކެވެ.

އެގް ޔޯކް ހެއާ މާސްކް

އސްތަށިގަނޑު ހިކި ނަމަ ބިހުގެ ގޮބޮޅި ބޭނުންކޮށްގެން މާސްކެއް ހަދާލާށެވެ. ބިހުގެ ގޮބޮޅީގައި ވިޓަމިން އޭ، ވިޓަމިން ޑީ އަދި ވިޓަމިން އީ ހިމެނެ އެވެ. އެހެންކަމުން މިއީ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ނުހަނު ބޭނުންތެރި އެއްޗެކެވެ. ބަ

އި ތަށި ފެނުގެ ތެރެއަށް ދެ ބިހުގެ ގޮބޮޅި އާއި ދެ ސައިސަމުސާ އޮލިވް އޮއިލް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. މި މާސްކު ބޮލުގައި އެޅުމަށްފަހު ބޯ ރަނގަޅަށް ނިވާކޮށްލާށެވެ.

އެއަށްފަހު 15 ނޫނީ 20 މިނެޓް ފަހުން ދޮވެލާށެވެ. މި މާސްކު ބޭނުންކުރުމަށްފަހު ޝޭމްޕޫ ލައިގެން ރަނގަޅަށް ބޯ ދޮވެލާށެވެ.

އެގް ވައިޓް މާސްކް

އެގް ވައިޓް މާސްކަކީ އިސްތަށިގަނޑު ތެޔޮ މީހުން ބޭނުންކުރުން ވަރަށް ރަނގަޅު މާސްކެކެވެ. ދެ ބިހުގެ ހުދު ބައިގެ ތެރެއަށް އެއް ސައިސަމުސާ މާމުޔާއި އެއް ސައިސަމުސާ އޮލިވް އޮއިލް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

މި މާސްކު ބޮލުގައި އެޅުމަށްފަހު ބޯ ރަނގަޅަށް ނިވާކޮށްލާށެވެ. އެއަށްފަހުު 15 ނޫނީ 20 މިނެޓް ފަހުން ދޮވެލާށެވެ.