ރާއްޖެއަށް ވަރަށް ގަދައަށް ހޫނުވާ މި ދުވަސްވަރުގައި ގައިދީންނަށް އެ ހޫނުން ރައްކާތެރިވެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެޗްއާރްސީއެމް އިން އިލްތިމާސްކޮށްފި އެވެ.
އެޗްއާޜްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ދުވަސްވަރު ހުޅުލެއާއި މާލެ އަތޮޅުގެ ރަށްރަށުގެ ހޫނުމިން އިހުސާސް ކުރެވޭ މިންވަރު 43 ޑިގްރީ ސެލްސިއަސްއާ ހަމައަށް އަރާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފައިވާތީ، ބަންދުގައި ތިބި ގައިދީންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.
ކަރެެކްޝަނަލް ސާވިސްއިން ހިންގާ ޖަލުތަކުގައި އާއި ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ މީހުން ބަންދުކުރާ މަރުކަޒުތަކުގައި ތިބޭ ބައެއް މީހުން އެ ކޮމިޝަނަށް މައްސަލަތައް ހުށަހަޅައިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ކޮމިޝަނުން ވަނީ ޖަލުތަކަށް ޒިޔާރަތްކޮށްފަ އެވެ.
ޖަލުތަކަށް ޒިޔާރަތްކުރުމުން އެނގުނު ގޮތުގައި ގިނަ ފެސިލިޓީތަކުގައި އާއްމު ދުވަހެއްގައި ވެސް ހޫނުގަދަކަން ފާހަގަކުރެވިފައިވާކަމަށާއި ގިނަ ގޮޅިތަކުގައި ވައި ދައުރުވުމުގެ މައްސަލަތައް ވެސް ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މުއައްސަސާތަކުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ހޫނު ވިޔަ ނުދިނުމަށް އެޅެންހުރި ފިޔަވަޅުތައް އަޅައިދިނުމަށް އެޗްއާރްސީއެމުން ވަނީ އެދިފަ އެވެ.
ޖަނަވާރަކަށް އަނިޔާ ދީފި ނަމަ 50،000 ރުފިޔާއިން ޖޫރިނަމާ ކުރަނީ
މަޖިލީހުގެ ފަހު ދައުރުގައި ނިންމާލެވުނީ 47 އިންސައްތަ މަސައްކަތް
ޖަޕާނުގެ ޝަފީރު ކަމަށް މަހުލޫފު އައްޔަންކޮށްފި
