ބޮލީވުޑްގެ ތަރިންގެ ތެރެއިން ސަލްމާން ޚާންއަކީ އެންމެ އަގުބޮޑު ތަރިންގެ ލިސްޓުގެ ތެރެއިން ވެސް އެންމެ ކުރީ ސަފުގައި އުޅޭ އެއް ފަންނާނެވެ..

ސަލްމާން ޚާނަކީ އިންޑިއާގެެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މެގްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. ފިލްްމު "މޭ ނޭ ޕިޔާރް ކިޔާ" އިން ފިލްމީ ދާއިރާއަށް ނިކުތް ސަލްމާން ޚާންއަކީ މިހާރު އެދާއިރާގެ ގަދަ ތިނެއްގައި ހިމެނޭ ފަރާތެކެވެ.

އޭނާ ކުޅޭ ގިނަަ ފިލްްމުތަކަކީ ބޮކްސް އޮފީހުގައި ސުޕަހިޓް ފިލްމުތަކަށްވާއިރު، ހަމަޔަގީނުންް ވެސް އެފިލްމުތައް ކުޅެން ސަލްމާން ޚާނަށް ލިބޭ އާމްދަނީ ވެސް އިންތިހާއަށް މަތިވާނެކަން އެންމެންނަށް ވެސް އެނގެ އެވެ.

ބޮލީވުޑްގެ އެންމެ އަގުބޮޑު އެކްޓްރަކީ ޝާހްރުކް ޚާން ކަމުގައިވިޔަސް، ސަލްމާން ޚާން ކުޅޭ ގިނަ ފިލްމުތަކުގެ ފެންވަރު ރަނގަޅުކަން ގިނަ މީހުން ފާހަގަ ކުރެ އެވެ.

އިންޑިއާގެ ނޫސް މަޖައްލާތަކުން ހާމަ ކޮށްފައިވާ ގޮތުގައި ސަލްމާން ޚާން ކުޅޭ ކޮންމެ ފިލްމަކަށް އޭނާއަށް 50 ކްރޯޑް ރުޕީސް ލިބެ އެވެ.

މިފައިސާގެ އިތުރުންް އޭނާ ކުޅޭ ކޮންމެ ފިލްމަކުން ލިބޭ ފައިދާއިން ބައެއް ވެސް ސަލްމާން ޚާނަށް ހިއްސާއެއް އޮވެ އެވެ. އެއީ އޭނާގެ ބައެއް ފިލްމުތައް ޕްރޮޑިއުސް ކުރުމުގައި ޚުދު އޭނާ ވެސް ބައިވެރިވާތީ އެވެ.

މީގެއިތުރުން ފިލްމު އަޅުވައިގެން ބޮކްސް އޮފީހުން ލިބޭ ފައިސާއިން ބައެއް ވެސް ސަލްމާން ޚާނަށް ލިބޭ ކަމަށް ބޮލީވުޑް ރިިޕޯޓުތަކުން ބުނެފައިވެ އެވެ.

މިއާއެކު ސަލްމާން ވެފައިވަނީ ބޮލީވުޑްގެ އެންމެ އަގުބޮޑު އަދި އެންމެ މުއްސަނދި ތަރިންގެ ތެރެއިން ނަގާކިޔޭ ތަރިއަކަށެވެ.