2015 ވަނަ އަހަރުގެ މޭ މަހުގެ އެއް ވަނަ ދުވަހުގައި އެއިރުގެ އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކުގައި ބޭއްވި މޭޑޭ މުޒާހަރާއަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި މުޒާހަރާއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަނިޔާވެރިންނާއި އަނިޔާއަށް ތާއީދުކުރާ މީހުނަނަށް ގަބޫލްނުކުރެވުނަސް މޭޑޭގެ މުޒާހަރާއަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި މުޒާހަރާއެއް ކަމަށެވެ.
މީގެ އަށް އަހަރު ކުރިން ބޭއްވި މޭޑޭ މުޒާހަރާ ލީޑް ކުރަށްވާފައިވަނީ އިމްރާނެވެ. އެ ދުވަހު މުޒާހަރާގައި ދެއްކި ވާހަކަތަކާއި ގުޅިގެން އިމްރާން އަށް ޖަލު ހުކުމެއް އިއްވި އެވެ. ވެރިކަން ބަދަލުވުމުން އެހުމް ވަނީ ބާތިލް ކޮށްފަ އެވެ. މޭޑޭ މުޒާހަރާގައި އިމްރާން ވަނީ ޑރ. އަފްރާޝީމް އަލީގެ މަރާއި ރައީސް ޔާމީނާއި، އަދި އޭރު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވި އާދީބާއި ގުޅޭ ލިޔުންތަކެއް އެބަހުރި ކަމަށް ވިދާޅުވެ ލިޔުންތަކެއް ވެސް ދައްކާފަ އެވެ.
މި މުޒާހަރާގައި އިމްރާން ވަނީ ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.
މިއަދު ފާހަގަކުރަމުންދާ މޭޑޭގައި މީހަކު އިމްރާން އެދުވަހު ދެއްކެވި ވާހަތަކުގެ ހަދާން އާކޮށް ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުން އިމްރާން ވިދާޅުވީ އެދުވަހު ދިވެހިން ދެއްކެވި އެއްބައިވަންތަ ކަމަކީ ރައީސް ޔާމީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްވުމަށް ކުރެވުނު އެންމެ ވަރުގަދަ އެއްމަސައްކަތް ކަމަށެވެ.
މޭޑޭ މުޒާހަރާއަކީ 2012 ވަނަ އަހަރަށް ފަހު އެންމެ ގިނަ ފުލުހުންނަށް ވެސް ތަފާތު ގިނަ އަނިޔާތަކާއި ކުރިމަތިލާން ޖެހުނު މުޒާހަރާ އެވެ. އެދުވަހު ބާރު ސްޕީޑްގައި މުޒާހަރާގެ ބައިވެރިން ޕިކަޕެއް ދުއްވާފައި ގޮސް ފުލުހުންތަކެއްގެ ގައިގަ ޖައްސާފައިވެ އެވެ. އަދި ފުލުހަކު ވައްޓާލައިގެން ވެސް ބޮޑެތި އަނިޔާތަކެއް ދީފައިވެ އެވެ.
ބިރެއް ނެތި ދޮގު ހެކި ދިން ދުވަސް