ހޯމް މިނިސްޓަރު އިމްރާނު އަބްދުاللهގެ ބަސްމަގު ހުރިގޮތުން ރައީސް ޔާމީނަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ މޭޑޭ އާއި ގުޅޭގޮތުން ހޯމް މިނިސްޓަރު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.
ޝިޔާމު ވިދާޅުވީ، އިމްރާނުގެ ބާރުހިނގާ މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި ރައީސް ޔާމީން ދަޢުލަތުން ބެހެއްޓުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށެވެ.
"މީނާގެ ބަސްމަގު ގެންގުޅޭގޮތުން ކޮންމެފަދަ ކަމެއްވެސް ރައީސް ޔާމީނަށް ކޮށްފާނެ. މަގާމު ހޯދާށާ މަގާމުގެ ދިފާޢުގައި ހަމަ ކޮންމެ ފަދަ ކަމެއް ވެސް މީނާ ކޮށްފާނެ،" ޝިޔާމު ވިދާޅުވި އެވެ.
އިމްރާން ކުރެއްވި ޓުވީޓެއްގައި ވަނީ ޓްވީޓެއްގައި ވިދާޅުވީ އަނިޔާވެރިންނާއި އަނިޔާއަށް ތާއީދުކުރާ މީހުނަނަށް ގަބޫލް ނުކުރެވުނަސް މޭޑޭގެ މުޒާހަރާއަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި މުޒާހަރާއެއް ކަމަށެވެ.
އަދި ޓުވިޓާގައި މީހަކު މޭޑޭގައި އިމްރާން ދެއްކެވި ކިތާބީ ހެކި އަދިވެސް ހާމަނުކުރާތީ އެކަަމަށް ކޮށްފައިވާ ޓުވީޓަކަށް ރައްދުދެއްވަމުން ޢިމްރާން ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ޖައްބާރުކަމުން ދިވެހިން ސަލާމަތްކުރެވުނީ ރައްޔިތުން ދެއްކި އެއްބައިވަންތަ ކަމުން ކަމަށެވެ.
މޭޑޭ މުޒާހަރާގައި އިމްރާންވަނީ ރައީސް ޔާމީންގެ އިސްތަށުފުޅުގައި ވަރަށް ގިނަ ތުހުމަތުތަކެއް އަޅުވާ ކިތާބީ ހެކި ތަކެއް ކަމަށް ބުނެ ކަރުދާސްތަކެއް ދައްކާފަ އެވެ. ނަމަވެސް މިހާތަނަށް އެ ކިތާބީ ހެކި އެއްވެސް ރަސްމީ އިދާރާއަކަށް ހުށައަޅާފައެއް ނުވެ އެވެ.
އެންމެ ގިނަ ދޮގު ހެދުމުގެ ރިކޯޑް ހޯދުމަށް ތިޔަ ކުރާ މަސައްކަތަށް ސާބަސް ދެމެވެ. މީހަކު ދޮގު ހަދަމުން ހަދަމުން ގޮސް ވަކިވަރަކަށް ދޮގު ހެދުނީމާ އޭނާއަކީ ދޮގުވެރިއެއް ކަމުގައި ލިޔެވެއެެވެ. އެހާ ހިސާބުން އޭނާއަށް ދެން ތެދެއް ނުހެދޭނެއެވެ. އެންމެ ދުވަހަކުވެސް ދޮގެއް ނުހަދާ ނުނިދޭނެއެވެ. އަމިއްލަ ނަފްސަށްވެސް އޭރުން ދެންހެދޭނީ ދޮގެއެވެ. މިއީ ސިޔާމްގެ މިހާރުގެ ހާލަތެވެ.