ބޮލީވުޑްގެ ގިނަ ތަރިންނަކީ ފިލްމީ ދާއިރއަށް ނުކުތުމުގެ ކުރިން އެކި ކަހަލަ ކުދި ވަޒީފާތައް އަދާކުރި މީހުންނެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ބޮލީވުޑްގެ ބައެއް ތަރިން ކޮށް އުޅުނު ކަންކަމަށެެވެ

ޝާހްރުކް ޚާން

ޝާހްރުކް ޚާން

މިހާރު ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރީގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ޝާހުރުކް ޚާންއަކީ ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ސިނަމާތަކުގައި ޓިކެޓު ވިއްކަން އުޅުނު މީހެކެވެ.

ނަވާޒުއްދީން ސިއްދީގީ

ނަވާޒުއްދީން ސިއްދީގީ

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ނަވާޒުއްދީން ފިލްމީ ދުނިޔެއަށް ފިޔަވަޅު އެޅުމުގެ ކުރިން މަސައްކަތް ކުރީ މުމްބާއީގެ ހޮޓަލެއްގެ ވޮޗަރެއްގެ ގޮތުގަ އެވެ.

އަނިލް ކަޕޫރު

އަނިލް ކަޕޫރު

80ގެ އަހަރުތަކުގައި ސިނަމާތަކުން އެންމެ ނަން ހިނގާލި އަނިލް ކަޕޫރު ފިލްމީ ބަތަލަކަށް ވުމުގެ ކުރިން ކެމެރާގެ ފުރަގަހުން ސްޕޮޓް ބޯއީއެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ.

އަކްޝޭ ކުމާރު

އަކްޝޭ ކުމާރް

"ކިލާޑީ"ގެ ނަމުން މަޝްހޫރުވެފައިވާ އަކްޝޭ ކުމާރު ފިލްމީ ދާއިރާއިން މަޝްހޫރު ވުމުގެ ކުރިން ރެސްޓޯރެންޓެއްގެ ވެއިޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި އެވެ.

އަރްޝަދު ވާރްސީ

އަރްޝަދު ވާރްސީ

ހެއްވާ މަޖާ ރޯލުތަކުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަރްޝަދު ވާރްސީއަކީ އެކްޓު ކުރަން ފެށުމުގެ ކުރިން ގެއިން ގެއަށް ކުދި ކުދި ސާމާނު ވިއްކާ އުޅުނު "ސޭލްސްމަން" އެކެވެ.