ކޯތާފަތާއި މޫނުގެ އެކި ހިސާބުތަކުގައި ކަޅު ލައްތަކެއް ހުރުމަކީ އަހަރުމެންގެ ތެރޭގައި ވެސް އާއްމު ކަމެކެވެ. ފިލުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ކުުރަން އުނދަގޫ މި ލައްތައް ފިލުވާލަން ގޭގައި ކުރެވިދާނެ ފަސޭހަ ކަމެއް ހިއްސާ ކޮށްލާނަމެވެ.

ބޭނުންވާ ތަކެތި

  • 4 މޭޒުމަތީ ސަމްސާ އަލްމަންޑް ޕައުޑަރި
  • 3 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
  • 2 މޭޒުމަތީ ސަމްސާ ހިކިކިރު

ތައްޔާރު ކުރާނެގޮތް

މަތީގައި ބުނެފައިވާ ހުރިހާ އެއްޗެއް ތައްޓަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މޫނުގައި ނުވަތަ ކަޅު ލައްތައް ހުރި ކޮންމެ ތަނެއްގައި މި ސްކްރަބް އުނގުޅުމަށްފަހު 30 މިނެޓްވަންދެން މަޑު ކުރުމަށްފަހު ދޮވެލާށެވެ. އެއްމަސްވަންދެން ކޮންމެ ދުވަހަކު މިގޮތަށް އަމަލު ކޮށްފިނަމަ ނަތީޖާ ފެންނާނެ އެވެ.

ބާޒާރުގައި ލިބެން ހުންނަ ކެމިކަލް ޕްރޮޑަކްޓްތަކުގެ ބަދަލުގައި މިފަދަ ގުދުރަތީ ފަރުވާތައް ބޭނުން ކުރުމަކީ އަހަރުމެންގެ ހަންގަނޑަށް އެންމެ ފައިދާހުރި ގޮތެވެ.