ވަރަށް އާދައިގެ ހެދުމެއްގައި އޭނާގެ އަނބު ގަސްތަކުން ދޮން ވެފައިވާ އަނބުތައް ބިނދެ އެވެ. ޖައްވުގެ ފިނިހޫނުމިން 8- ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އެ ގްރީން ހައުސްގެ އެތެރޭގެ ފިނިހޫނު މިނަކީ 36 ޑިގްރީ އެވެ.
މިއީ ޖަޕާނުގެ އައްސޭރި ފަށަށް ނިސްބަތްވާ ދަނޑުވެރިއެއް ކަމަށްވާ ހިރޮޔުކި ނަކަގާވާ އޭނާގެ ދުވަސް ފަށާ ގޮތެވެ. ފިނި މޫސުމުގެ އެންމެ ފިނީގައި އޭނާ ހައްދާ އެ އަނބުތަކަކީ ދުނިޔޭގެ އެންމެ އަގުބޮޑު އަނބެވެ. އެއިން އެންމެ އަނބެއްގެ އަގަކީ 230 ޑޮލަރެވެ.
މިހާރު އުމުރުން 62 އަހަރުގެ ނަކަގާވީ ބުނީ 2011 ވަނަ އަހަރު އޭނާގެ މަސައްކަތް ފެށިއިރު އޭނާގެ ފަހަތުގައި ތިބީ ވަރަށް މަދު ބައެއް ކަމަށާއި އެހެން ނަމަވެސް މިހާރު އެކަން ބަދަލުވެފައިވާ ކަމަށެވެ.
ފިނި މޫސުމުގައި އަނބު ހައްދަން ނަކަގަވާ ބޭނުންކުރާ އުކުޅަކީ ވަރަށް ފަސޭހަ އުކުޅެކެވެ. ފިނި މޫސުމުގެ ސްނޯ ރައްކާކޮށް ހޫނު މޫސުމުގައި އޭނާގެ ގްރީން ހައުސް ފިނިކުރުމަށް އެ ބޭނުން ކުރެ އެވެ. ނަތީޖާއަކަށްވަނީ މޭވާތައް ދޮންވުން ލަސްވުމެވެ.
އެއަށްފަހު ފިނި މޫސުން އައުމުން ގްރީން ހައުސް ހޫނުކޮށް ބެހެއްޓުމަށް ހޮޓް ސްޕްރިންގްސް ބޭނުން ކުރެ އެވެ. މި ގޮތުގެ މަތިން އެ މޫސުމުގައި ގާތްގަނޑަކަށް 5000 އަނބު ހައްދަ އެވެ.
ފިނި މޫސުމުގައި އެކި ކަަހަލަ ފަނިފަކުސާ އަދި ސޫފި މަދުވުމުން އަނބުތައް ދޮންވާއިރު އެއަށް ބޭނުން ކުރަންޖެހޭ ބޭސް ވެސް ބޮޑުތަނުން މަދުވާކަމަށް ނަކަގަވާ ބުނެ އެވެ.
ނަކަގަވާގެ އަނބުތައް އޭޝިއާގެ އެކި ރެސްޓޯރެންޓުތަކުގައި ބޭނުން ކުރެވެ އެވެ. އޭނާ ހުރީ ހކުރިއަށް އޮތް ތަނުގައި ވެސް މި ވިޔަފާރި އިތުރަށް ފުޅާ ކުރާށެވެ.