ދީޕިކާ ޕަދުކޯންއާއި ރަންވީރު ސިންހްއަކީ ބޮލީވުޑްގެ ޖޯޑުތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ޖޯޑެވެ. އެ ދެމީހުންގެ ކައިވެނީގެ ހަޔާތުގައި މައްސަލަތައް އުޅޭ ކަމަށް އެކި ދުވަސްވަރު އަޑުތައް އެރި ނަމަވެސް އެއިން އަޑަކަށް އެ ދެމީހުން ކުރެ އެކަކު ވެސް ފަރުވާލެއް ނުބަހައްޓަ އެވެ.
މިފަދަ އަޑުތަކެއް މިހާރު ވެސް ދެކެވެމުން އަންނައިރު އުފާވެރި ޒަވާޖީ ހަޔާތެއްގެ ސިއްރާ ބެހޭގޮތުން ދީޕިކާ ވާހަކަ ދައްކާ ވީޑިއޯއެއް މިވަނީ ފެންމަތިވެފަ އެވެ.
ޓައިމްސް ވަން މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދީޕިކާ ބުނީ ކައިވެނީގެ ގުޅުމެއްގައި ކެތްތެރިކަމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ކުރީގެ ތަރިންގެ ކައިވެނިތަކުން ފިލާވަޅު ހޯދަން ޖެހޭ ކަމަށެވެ.
"އަހަންނާއި ރަންވީރު އަހަރުމެންގެ މައިންބަފައިންގެ ގުޅުމުން ބައިވަރު ކަންތައް ދަސްކުރަން ޖެހޭ،" ދީޕިކާ ބުނެފައިވެ އެވެ.
ދީޕިކާ އިތުރަށް ބުނީ އޭނާއަކީ "ލަވް ގުރޫ" އެއް ކަމަށާއި ލޯތްބާއި ކައިވެނީގެ ކަންކަމުގައި އޭނާގެ ނަސޭހަތް ވަރަށް ރަނގަޅުވާނެ ކަމަށް ސަމާސާ ރާގެއްގައި ދީޕިކާ ބުންޏެވެ.
ޕަތާންއިން ޝާހުރުކް ޚާންއާއެކު އެންމެ ފަހުން ފެނިގެންދިޔަ ދީޕިކާ މިހާރު ތައްޔާރު ވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ޖަވާން އަށެވެ.
ޗައިނާގެ 73 މީހަކު ފުޓުބޯޅައިން އުމުރަށް ސަސްޕެންޑް ކޮށްފި
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ
އެމެރިކާއާއެކު ބޭއްވި މަޝްވަރާތަކަކީ އުންމީދީ ފެށުމެއް: އައްބާސް