އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޣައްޒާއަށް އިޒްރޭލު ސިފައިން ދިން ހަމަލާގެ ސަބަބުން 31 މީހަކު މަރުވެފައިވާ ކަމަށާއި އަދި އިޒްރޭލުގެ އެ ހަމަލާ ރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ.
އިޒްރޭލު ސިފައިން ދިން އެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އާންމު ރައްޔިތުން ޒަހަމްވެފައިވާ ކަމަށާއި ގިނަ ގިނަ އަދަދެއްގެ އާންމުން ދިރިއުޅޭ އިމާރާތްތައްވެސް ހަލާކުވެފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ހަމާލަތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ތަކާ ހިލާފު އަދި ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ)ގެ ރިޒޮލިއުޝަންތަކާ ހިލާފުކަމެއް ކަމަށާއި އިޒްރޭލުން، ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި އަމަން ގާއިމުކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅެމުންދާކަމަށްވެސް މިނިސްޓްރީން ބުންޏެވެ. ރާއްޖޭއާއި ރާއްޖޭގެ ރައްޔިތުން ތިބީ ފަލަސްތީނާއި އެގައުމުގެ ރައްޔިތުންނާއެކު ކަމަށާއި ފަލަސްތީނުގެ މިނިވަންކަމަށް އެ ގައުމުގެ ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ރާއްޖެއިން އަބަދުވެސް ތާއިދުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިޒްރޭލު ސިފައިން ގާޒާއަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 33 މީހަކު މިހާތަނަށް ޝަހީދުވެފައިވާއިރު 110 މީހަކު ވަނީ ޒަހަމްވެފަ އެވެ.
ޕަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނީ