ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާރުގައި ޖެހި އެކްސިޑެންޓްވެ، ޓެކްސީކުރާ ކާރަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނިގޮތުގައި ހަކުރާ ގޯޅިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ފާރުގައި ޖެހި އެކްސިޑެންޓް ވެފައި ވަނީ މިއަދު މެންދުރު 12:00 ހާއިރު ކަމަށެވެ.

މަޖިލީހުގެ އިދާރާގެ ފާރުގައި ޖެހި އެކްސިޑެންޓްވި ކާރު ކައިރީގައި މީހުން މަޑުކޮށްލައިގެން. ފޮޓޯ: ޕޮލިސް

މިއެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކާރަށް ވެސް އެކިވަރުގެ ގެއްލުންވެފައިވެ އެވެ. މިމައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މަޖިލީހުގެ އިދާރާގެ ފާރުގައި ޖެހި އެކްސިޑެންޓްވި ކާރު. ފޮޓޯ: ޕޮލިސް

ފޮޓޯތަކުން ފެންނަ ގޮތުގައި މިކާރު ގޮސް ޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތަށް ވަންނަ މައިދޮރާ ދިމާލަށްވާ ގޮތަށް، ވާތްފަރާތު ފާރުގަ އެވެ.