ބޮލީވުޑްގައި މަޝްހޫރު ތިން ޚާން ކަމަށްވާ ސަލްމާން ޚާން އާއި ޝާހްރުކް ޚާން އަދި އާމިރު ޚާން ބޮލީވުޑްގައި ރަސްކަން ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އަދިވެސް އެމީހުންގެ ފިލްމުތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރެ އެވެ. މި ތިން ޚާނަކީވެސް ގިނަ މަގުބޫލު ފިލުމުތަކެއް ބެލުންތެރިންނާ ހިސާބަށް ގެނެސްދީފައިވާ އެކްޓަރުންނެވެ.

ޚާންގެ ތެރެއިންވެސް އެންމެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވަނީ ސަލްމާން ޚާނެވެ. ސަލްމާން ޚާންގެ ފިލްމެއް ރިލީޒްކޮށްފި ނަމަ ހައުސް ފުލް އެތަކެއް ސޯތަކެއް ސިނަމާގައި ދައްކަ އެވެ. ސަލްމާން އަކީ ފިލްމު ކުޅުމުގެ އިތުރުން އިންޑިއާގައި އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ "ބިގްބޮސް" ހުށަހަޅައިދެމުން އަންނަ ފާންނެވެ.

ސަލްމާންގެ ގިނަ ފިލްމުތަކެއް މަގުބޫލުވިނަމަވެސް ސަލްމާން ނުކުޅެ ދޫކޮށްލި ބައެއް ފިލްމުތަކަކީވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލުމުތަކެވެ. މިގޮތުން ސަލްމާނަށް ކުޅެން ލިބުނު އެއް ފިލްމަކީ

މިގޮތަށް އާލިޔާއަށް ކުޅެން ލިބުނު އެއް ފިލްމަކީ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ)" އެވެ. ސަލްމާން މިފިލުމު ދޫކޮށްލުމުން މިފިލުމުގެ ލީޑް ރޯލު ލިބިގެން ދިޔައީ ޝާހްރުކް ޚާން އަށެވެ. މިފިލްމަކީ އަދިވެސް ބޮލީވުޑްގައި އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. ހިންދީ ސިނަމާގައި ރިލީޒްކުރި ފަހުން އެންމެ ދިގު މުއްދަތަކަށް ހުއްޓުމެއް ނެތި ދައްކާ އައިކޮނިކް ފިލްމަކީ "ޑީޑީއެލްޖޭ" އެވެ

ސަލްމާން ދޫކޮށްލި އަނެއް ފިލްމަކީ "ޗަކް ދޭ އިންޑިއާ" އެވެ. 2007 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޗަކް ދޭ އިންޑިއާ" ސަލްމާން ދޫކޮށްލީ އެފިލްމުގެ ކްލައިމެކްސްއާ މެދުގައި ހިތްހަމަނުޖެހިގެންނެވެ. މިފިލްމުވެސް ލިބިގެން ދިޔައީ އެންމެ ފަހު ޝާހްރުކް އަށެވެ. މިފިލްމަކީވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފިލްމެކެވެ. މިފިލްމު ދޫކޮށްލުމުން ސަލްމާން އަދިވެސް ހިތާމަ ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

1993 ވަނަ އަހަރުގެ ކާމިޔާބު ފިލުމު ''ބާޒީގަރު'' ފިލުމު ކުޅުމުގެ ފުރުސަތު ފުރަތަމަ ލިބުނީ ސަލްމާން ޚާނަށެވެ. އެހެން ނަމަވެސް ސަލްމާން ވަނީ މިފިލްމުވެސް ދޫކޮށްލާފަ އެވެ. ކާޖޮލް އާއި ޝިލްޕާ ޝެޓީ އާއެކު ޝާހު ފެނުނު "ބާޒީގަރު" އަކީ އޭނާގެ މަގުބޫލުކަން އިތުރުވެގެންދިޔަ ފިލްމެކެވެ.

"ޗަކް ދޭ އިންޑިޔާ" އާއި "ބާޒީގަރު" ދޫކޮށްލެވުމުން މިހާރު އެކަމާ ހިތާމަ ކުރި ނަމަވެސް އެ ފިލުމުތަކުގެ ސަބަބުން ޝާހުއަށް ލިބުނު ކާމިޔާބަށް އުފާވާކަމަށް ވެސް ސަލްމާން ބުނެފައިވެ އެވެ.

"ކަލް ހޯ ނާ ހޯ" އަކީވެސް ސަލްމާން ދޫކޮށްލި ފިލްމުތަކުގެ ތެރެއިން ބޮލީވުޑްގައި ކާމިޔާބީތަކެއް ހޯދި ފިލްމެކެވެ. މިފިލްމުގައި ސައިފު ފެނިގެންދިޔަ ބައި ފުރަތަމަ ހުށަހެޅީ ސަލްމާނަށެވެ. އެހެން ނަމަވެސް އެ ރޯލު ކުޅެން ސަލްމާން ދެކޮޅު ހެދުމުން އެފުރުސަތު ލިބުނީ ސައިފު އަށެވެ.