ކޮތަނބިރި އާއި ކޮތަނބިރި ފަތަކީ އަހަރުމެން ދިވެހިންގެ ކެއްކުމުގައި ވެސް މިހާރު ވަރަށް އާއްމުކޮށް ބޭނުން ކުރެވޭ ބާވަތެކެވެ. ނަމަވެސް އަހަރުމެންނަށް އެ ބޭނުން ކުރެވެނީ އެއިން ލިބޭ ގިނަ ފައިދާތައް ނޭނގި އެވެ. މި ލިޔުމުގައި މި ބަލާލަނީ ކޮތަނބިރިން ލިބޭ ބައެއް ފައިދާ ތަކަށެވެ.

ހަޖަމު ކުރުމުގެ ނިޒާމް ރަނގަޅުކޮށްދޭ

ބަނޑުހަރުވުމާއި ވައިގެ އުނދަގޫތަކުގެ އިތުރުން ބޭރަށް ހިންގުމުގެ މައްސަލަތަކަށް ކޮތަނބިރިން ހައްލު ލިބިގެންދެ އެވެ. އެއާއެކު ގޮހޮރުގެ ގިނަ ބަލިތަކަށް ފަރުވާ ލިބޭއިރު ކޮތަނބިރީގައި ހިމެނޭ ޑައިޓަރީ ފައިބާ އަދި އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަޖަމުކުރާ ނިޒާމުގެ ހުރިހާ މައްސަލަތަކަށް ފަރުވާ ލިބުމުގެ އިތުރުން ފުރަމޭގެ މަސައްކަތް ވެސް ރަނގަޅު ކޮށްދެއެވެ.

ކޮލެސްޓްރޯލް ދަށްކޮށްދޭ

ކޮތަނބިރި އޮށުން ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލް ނައްތާލަދެ އެވެ. އަދި އޭގައި ހިމެނޭ ކޮޕާ، ޒިންކް، އަޔަން އިން ލޭގައި ރެޑް ބްލަޑް ސްލްތައް އިތުރުކޮށް ދީ ހިތުގެ މަސައްކަތް ރަނގަޅުކޮށްދެ އެވެ.

ހަކުރުބަލި ކޮންޓްރޯލް ކޮށްދޭ

ކޮތަނބިރީގައި ހިމެނޭ އެނޓިއޮކްސިޑެންޓް އަދި ވިޓަމިން ތަކުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު އެއްވަރަކަށް ހިފައްޓައިދެ އެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ހެނދުނު ސައި ތައްޔާރު ކުރާއިރު ކޮތަނބިރި އޮށްކޮޅެއް އެޅުމަށް ފަހު ބޯލުމުން ލޭގައި ހުންނަ ގުލްކޯޒް ލެވެލް ދަށްކޮށް ހަށިގަނޑު ހިއްކާލަދޭނެއެވެ.

އިސްތަށިގަނޑާއި ހަންގަނޑު ރީތިކޮށްދޭ

ކޮތަނބިރީގައި އެކުލެވޭ ވިޓަމިން ކޭ،ސީ އަދި ބީ ގެ އިތުރުން އެންޓިއޮކްސިޑެންޓާއި މިނެރަލްސް އަކީ ހަންގަނޑަށާއި އިސްތަށިގަނޑަށް މުހިންމު މާއްދާތަކެވެ. ކޮންމެ ދުވަހަކުވެސް ކެއުމުގައި ކޮރިއެންޑާ ބޭނުން ކުރަން އާދަ ކޮށްފިނަމަ، ހަންގަނޑުގެ މައްސަލަތައް ހައްލުވެ އިސްތަށިގަނޑު ވަރުގަދަވާނެ އެވެ.