އަނުޝްކާ ޝަރްމާއަކީ މިހާރުގެ ބޮލީވުޑް އަންހެން ތަރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ގުނާލެވޭ ފަންނާނެކެވެ. ފިލްމީ ދާއިރާގައި 15 އަހަރު ފުރިހަމަ ވެފައިވާއިރު އަނުޝްކާ ވަނީ މިފަހުން ފިރިމީހާ ވިރާޓް ކޯލީއާއެކު އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފަ އެވެ.

2021 ވަނަ އަހަރު އަނުޝްކާގެ ދަރިފުޅު ވަމިކާ އުފަންވުމަށްފަހު ފިލްމީ މަސައްކަތްތަކުން އޭނާ ވަނީ އެއްފަރާތަށް ޖެހިލާފަ އެވެ. މިހާރު މަދުން ނަމަވެސް އޭނާ ފެންނަނީ ބްރޭންޑް އެންޑޯސްމަންޓް ތަކުންނެވެ.

އޭނާގެ ދިރިއުޅުމާ ބެހޭގޮތުން އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އަނުޝްކާ ބުނީ ފިލްމީ މަސައްކަތްތަކަށްވުރެ އޭނާގެ ދަރިފުޅު މުހިއްމު ކަމަށާއި މި އުމުރަކީ ދަރިފުޅަށް މަންމަ އެންމެ ބޭނުންވާ އުމުރު ކަމަށެވެ.

އެހެން ކަމުން ފިލްމީ ދާއިރާގެ މަސައްކަތްތައް މަޑުޖައްސާލުމަށްފަހު ދަރިފުޅަށް އިސްކަން ދޭ ކަމަށާއި ދެން ބޭނުންވަނީ އަހަރަކު އެއް ފިލްމު ކުޅެން ކަމަށް އަނުޝްކާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އޭނާގެ ދިރިއުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި އެއްވެސް މީހަކަށް އެއްވެސް ކަމެއް ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށެވެ.

2008 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް އަނުޝްކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އިންޑިއާގެ ކުޅިވަރު ޝަހްސިއްޔަތެއްގެ ބައޯޕިކް ފިލްމަކުންނެވެޑ