އެންމެ ފަހުގެ "ފެޝަން ޓްރެންޑް" ތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ނިޔަފަތި ތަކުގައި ކުލަ ޖެއްސުމެވެ. ޒުވާން އަންހެނުންގެ މެދުގައި އާއްމު ވަމުން އަންނަ މިކަން ގިނަ ބަޔަކު ކުރަނީ އެކަމުން ލިބޭ ގެއްލުންތައް ނޭނގި ތިބެ އެވެ.

ނިޔަފަތީގައި ޖައްސާ ކުލައަކީ އާންމުގޮތެއްގައި ކެމިކަލްގެ އެކި ބާވަތްތައް ބޭނުންކޮށްގެން އުފެއްދޭ އެއްޗެކެވެ. ހަށިގަނޑަށް ގެއްލުންދޭ ކެމިކަލް މާއްދާއެއްކަމުގައިވާ ޓީ.ޕީ.އެޗް.ޕީ ގިނަ އަދަދަކަށް މިފަދަ ކުލަ ތަކުގައި ހިމެނިފައި ހުންނައިރު މިއީ ދުނިޔޭގެ މަޝްހޫރު ނެއިލް ޕޮލިޝް ބްރޭންޑްތަކުގެ ޕްރޮޑަކްޓްތަކުގައި ބޭނުން ކުރަމުން އަންނަ މާއްދާ އެކެވެ.

މި މާއްދާއިން ހަށިގަނޑުގެ ހޯމޯންސްތައް މަސައްކަތް ކުރަންޖެހޭ ގޮތަށް މަސައްކަތް ކުރުމަށް ހުރަސްއަޅާއިރު މި މާއްދާގެ ސަބަބުން ހަށިގަނޑުގައި އުފައްދާ މާއްދާއަކުން ދަރިމައިވުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދަތިކުރުވަ އެވެ.

މި މާއްދާ ހިމެނޭ ނެއިލް ޕޮލިޝް ބޭނުންކުރާ މިންވަރުން މީގެ އަސަރު އިތުރަށް ކުރުވާއިރު މިއީ ކުޑަ ކުދިންނަށް ހާއްސަކޮށް ނުރައްކާތެރި ކަމެކެވެ. ނިޔަފަތީގައި ހޭކޭ ފަށަލަ ނުވަތަ ކޯޓުތަކުގެ އަދަދުންވެސް މިކަމުގެ އަސަރު އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮވެ އެވެ.

އެންމެ ރަނގަޅު ގޮތަކީ ނެއިލް ޕޮލިޝް ނުވަތަ ނިޔަފަތީގައި ހާކާކުލަ ބޭނުން ނުކުރުން ނުވަތަ މަދުކުރުން ކަމަށް ސިއްހަތާއި ބެހޭ މާހިރުން ވަނީ ބުނެފަ އެވެ. މީގެ އިތުރުންވެސް ނެއިލް ޕޮލިޝް ފުޅިތަކުގެ ލޭބަލްތައްވެސް ރަނގަޅަށް ކިޔުމަށް އެބޭފުޅުން ވަނީ ލަފާ ދެއްވާފަ އެވެ.