ބްރެޒިލްގައި ބޭއްވި ރީތީގެ ރާނީ ހޮވާ މުބާރާތަކުން އަނބިމީހާއަށް އެއްވަނަ ނުލިބުމުން ފިރިހެނަކު އެ މުބާރާތުގެ އަގުބޮޑު ތާޖު ފުނޑުފުނޑު ކޮށްލައިފި އެވެ.

މީގެ ދެ ދުވަހެއް ކުރިން ހިނގި މި ހާދިސާގައި އެ މީހާ ވަނީ އޭނާގެ އަންހެނުން މުބާރާތުން މޮޅު ނުވުމުން ރުޅިވެރިކަމާއެކު ސްޓޭޖަށް އަރައި އަންހެނުން ދުރަށް ލުމަށްފަހު މުބާރާތުގެ ތާޖު ބިންމައްޗަށް ޖަހައި ހަލާކު ކޮށްލާފަ އެވެ.

Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd
Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd

މުބާރާތުގައި އޭނާގެ އަންހެނުންނަށް ލިބިފައިވަނީ ދެވަނަ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އަންހެނުންނަށް ހައްގުވަނީ މުބާރާތުގެ އެއްވަނަ އެވެ.

ތާޖު ބިންމައްޗަށް ޖެހުމަށްފަހު އަންހެނުން ގޮވައިގެން ސްޓޭޖުން ފައިބަން މަސައްކަތް ކުރި ނަމަވެސް މުބާރާތުގެ ސެކިއުރިޓީން ވަނީ އޭރު އޭނާ ހުއްޓުވާފަ އެވެ.

މި މުބާރާތް އިންތިޒާމު ކުރި ފަރާތުން މި ކަމާ ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ފިރިހެން މީހާ އެކަން ކުރީ މުބާރާތުގެ ނަތީޖާ އިންސާފުވެރި ނޫން ކަމަށް ބުނެ ކަމަށެވެ.

ހަމައެއާއެކު މުބާރާތުގެ ގާނޫނީ ޓީމަށް އެކަމުގެ ހަބަރު ދީފައިވާނެ ކަމަށާއި އެ މީހާއަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައާއި އިންޓަނެޓުގައި މިހާރު އަންނަނީ ދައުރު ވަމުންނެވެ.