ސަން އައިލެންޑް ރިސޯޓުން ކުނި ބަރުކޮށްގެން ހުޅުމާލެ އަށް ވަންނަން ދިޔަ "ސީއެމްއެފް-2" ގެ އިންޖީނުގެ ޑީސަލް ޓޭންކުގައި ރޯވި އަލިފާން އެމްއެންޑީއެފް ހުޅުމާލެ ފަޔާ ސްޓޭޝަންގެ ސިފައިން ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި ރޭ މެންދަމު 3:50 ހާއިރު ހިނގި އެ ހާދިސާގައި ރޯވީ "ސީއެމްއެފް-2" ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށެވެ.

އެ ދޯނީގައި ހުރީ ބާ ދަނގަޑާއި ޓަޔަރާއި ލަކުޑި ފަދަ ތަކެތި ކަމަށާއި އެ ދޯނީގައި ރޯވި އަލިފާން ތަކެތީގައި ވެސް ހިފި ކަމަށް ވެސް އެންއެމްޑީއެފުން ބުންޏެވެ.

ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ ފަތިހު 5:00 ހާއިރު އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.