ހެދުމެއް ގަނެގެން މާ ގިނަ ދުވަހެއް ނުވެ އޮންނަނީ އެއިން ކުލަ ގޮސްފަ އެވެ. ނުވަތަ ކުލަ މަރުވެފަ އެވެ. މިއީ އަހަރުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށް ވެސް ކުރިމަތި ވެފައިވާނެ ހާލަތެކެވެ.

ހަމަހުން ހަމަހުން ގެންގުޅޭ އަންނައުނު ބަދަލު ކުރުމުގެ ބަދަލުގައި އަންނައުނު ދޮވުމުގައި ގެންގުޅޭ ވަރަށް އާދައިގެ ކުޑަ އުކުޅަކުން ހެދުންތަކުގެ ކުލައާއި އާކަން ދަމަހައްޓައިދެ އެވެ.

އެއްޗިހި ދޮންނަން ބޭނުން ކުރާކަހަލަ ތައްޓެއްގެ ތެރެއަށް ފެންއެޅުމަށްފަހު އޭގެ ތެރެއަށް ހެދުންލާ ރަނގަޅަށް ތެންމާލާށެވެ. ދެން އެއަށްފަހު ކައްކަން ބޭނުންކުރާ ލޮނުން ތިނެއް ނުވަތަ ހަތަރު ސަމްސާ ލޮނު އަޅާށެވެ. ގިނަ ހެދުން ތަކެއް ދޮންންނަނަމަ ދޮންނަ މެޝިން ގެ ތެރެއަށް ޖޯޑެއްގެ ލޮނު އެޅުމަށްފަހު ދޮވެލާށެވެ.

ލޮނުއަޅައިގެން ހެދުންތައް ދޮވެލުމުން ހެދުމުގެ ކުލަ އަލިވެ، ހެދުމުގައި ޖެހިފައި ހުންނަ ލައްތަކުގެ ކުލަވެސް މަޑުވެއެވެ. މިއީ ލާން ގެންގުޅޭއެއްޗެހި ބާވިޔަނުދީ ގެންގުޅެން ބޭނުން ނަމަ ކޮޓްލެވިދާނެ ފަސޭހަ ކަމެކެވެ.

މި ކުޑަ ކުޑަ އުކުޅާއެކު އަންނައުނުތައް ގިނަ ދުވަހަށް ގެންގުޅެވި އަންނައުނަށް ކުރާ ހަރަދު ބޮޑު ތަނުން ކުޑަ ކުރެވިދާނެ އެވެ.