މިމަހުގެ ފުރަތަމަ ހަފުތާގައި ރާއްޖެއަށް 26,723 ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 835,974 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14.7 ޕަސެންޓްގެ ކުރިއެރުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފުރަތަމަ ހަފުތާގައި ރާއްޖެ އައީ އެވްރެޖްކޮށް ދުވާލަކު 3,818 ޓޫރިސްޓުންނެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. މިއަހަރުގެ މިހާތަނަށް އެ ގައުމުން 98,132 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ރާއްޖެ އައި ޓޫރިސްޓުންގެ 11.7 ޕަސެންޓެވެ. ދެވަނާގައި ރަޝިއާ ހިމެނޭއިރު ތިންވަނާގައި އޮތީ އިނގިރޭސިވިލާތެވެ.
އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ މުޅި އީރާން މިރޭ ނެތިކޮށްލާނަން
އާންމުންގެ މަސްލަހަތު އިސްކުރާ މީހަކު އެމްޑީޕީއާ ހަވާލުވާން ޖެހޭ
ފެނަކައިގެ ޑީއެމްޑީ އާރިފް ވެސް އިސްތިއުފާ ދެއްވައިފި