ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު، ސުހާނާ ޚާން އާއި ސްރީދޭވީގެ ހަގު އަންހެން ދަރިފުޅު ހުޝީ ކަޕޫރްގެ އިތުރުން އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތުޔާ ނަންޑާ ބޮލީވުޑަށް ނިކުންނަ ފިލްމު "ދަ އާޗީސް" ގެ އާ ޕޯސްޓަރެއް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

މިފިލްމުގެ އާ ޕޯސްޓަރު ދޫކޮށްލާފައިވަނީ ސުހާނާ އޭނާގެ އިންސްޓަގްރާމްގަ އެވެ. މިފޯސްޓަރަށް ވެސް ގިނަ ބަޔަކު ވަނީ ކޮމެންޓްކޮށްފަ އެވެ. "ދަ އާޗީސް"ގެ ފަސްޓް ލުކް އާއި ޓީޒާ ޓްރެއިލާ އާންމުކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ އެ ފިލްމަށް ތައުރީފުކޮށްފަ އެވެ. އެގޮތުން އެފިލްމުން 60 ގެ އަހަރުތަކުގެ "ފީލް" އަންނަ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

މަޝްހޫރު އާޗީ ކޮމިކްސް އަށް ބިނާކޮށް ގެނެސްދޭ "ދަ އާޗީސް" އަކީ ލައިވް އެކްޝަން މިއުޒިކަލް ފިލްމެކެވެ. އެ ފިލްމު ނެރެނީ ނެޓްފްލިކްސް މެދުވެރިކޮށެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ޒޯޔާ އަހްތަރެވެ.

ފިލްމު "ދި އާޗީސް"އަކީ، 1960އިގެ އަހަރުތަކުގައި ގިނަ ބައެއްގެ މެދުގައި ވަރަށް މަޤުބޫލު ކޮމިކް ވާހަކައެކެވެ.