ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން ބޮލީވުޑަށް ނުކުންނަން ތައްޔާރުވެފައިވާއިރު އޭނާއަކީ އޭނާގެ ބައްޕަ ފަދައިިން ކާމިޔާބު ތަރިއަކަށް ވާނެ ކަމަށް ގިނަ ބަޔަކު މިހާރު ވެސް އަންނަނީ ބުނަމުންނެވެ.

ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ "ދަ އާޗީސް"އިން ފިލްމީ ދާއިރާއަށް ސުހާނާ ނުކުންނަ އިރު އޭނާ ވަނީ މިހާރު ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ.

އެގޮތުން ފުރަތަމަ ފިލްމު ސްކްރީންތަކަށް ނުކުތުމުގެ ވެސް މާ ކުރިން ސުހާނާ މިވަނީ އިންޑިއާގެ އަލިބާގްއިން ގެއެއް ގަނެފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެގޭގެ އަގަކީ 12.91 ކުރޯޑް އިންޑިއާ ރުޕީސް އެވެ.

ސުހާނާ އޭނާގެ އެންމެ ފުރަތަމަ ގެ ގަނެފައިވާއިރު ފިލްމީ ދާއިރާގެ އިތުރުން ވިޔަފާރީގެ މައިދާނުގައި ވެސް ބައްޕަ ޝާހު ފަދައިން ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް މީހުން ބުނަމުންދެ އެވެ.

ސުހާނާ އޭނާގެ ފިލްމީ ކެރިއަރު ފަށާއިރު މީގެ ދުވަސްތަކެއް ކުރިން އޭނާ ވަނީ ކޮސްމެޓިކް ބްރޭންޑެއްގެ އެމްބެސަޑަރުގެ ގޮތުގައި ހަމަޖައްސާފަ އެވެ.

ބެލެވޭ ގޮތުގައި އެކަމުން ލިބުނު އާމްދަނީއިން ސުހާނާ ގަތް އެ ގޭގެ ބޮޑުމިނުގައި 1.5 އޭކަރު ހިމެނެ އެވެ. މި މުއާމަލާތުގެ ޓެކްސް އަދަދުގެ ގޮތުގައި 776 ލައްކަ އިންޑިއާ ރުޕީސް ސުހާނާ ވަނީ ސަރުކާރަށް ދައްކާފަ އެވެ.

ސުހާނާގެ އެންމެ ފުރަތަމަ ފިލްމް "އާޗީސް"ގައި އޭނާގެ އިތުރުން ސްރީދޭވީގެ ދަރިފުޅު ޚުޝީ ކަޕޫރާއި އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތުޔަ ނަންދާ ވެސް ތައާރަފް ވާނެ އެވެ.