ނިދާއިރު އިސްޓާކީން ލައްވައިގެން އޮތުމަކީ ގިނަ ބައެއްގެ އާދަ އެކެވެ. ބައެއް މީހުން އިސްޓާކީން ބޭނުން ކުރަނީ ފިނިން ރައްކާތެރިވާށެވެ. އަނެއްބަޔަކު އެ ބޭނުން ކުރަނީ އެއާއެކު ނިދަން ފަސޭހަ ވީމަ އެވެ. ކޮންމެއަކަސް އުފެދޭ ސުވާލަކީ މިއީ ކޮންކަހަލަ ކަމެއްތޯ ކުރެވޭ ސުވާލެވެ. މި ލިޔުމުގައި މި ބަލާލަނީ އިސްޓާކީނާއެކު ނިދުމުން ހަށިގަނޑަށާއި ސިއްހަތަށްކުރާ ބައެއް އަސަރުތަކަށެވެ.

އަވަހަށް ނިދަން އެހީވެދޭ

އިސްޓާކީނު ލައިގެން ނިދުމަކީ ފަސޭހަކަމާއިއެކު އަވަހަށް ނިދަން ބޭނުންކުރެވިދާނެ އުކުޅެކެވެ. އިސްޓާކީންލުމުން ފައިތިލައިގެ ހޫނުމިނަށް އަންނަ ބަދަލާއެކު ހަށިގަނޑުގެ ފިނިހޫނުމިން ބަދަލުވެ، މިހާ ނިދަން ބޭނުންވާކަމުގެ މެސެޖް ސިކުނޑިއަށް ފޯރުކޮށްދެ އެވެ.

ލޭ ދައުރުވުމަށް އެހީވެދޭ

އިސްޓާކީނު ލައިގެން ނިދުމުގެ ސަބަބުން ހަށިގަނޑުގެ ލޭ ފިނިކޮށް ލޭގެ ޕްރެޝަރު ދަށްކޮށްދޭ ވާސޯޑައިލޭޝަން ނަމަކަށް ކިޔާ ކަމެއް ހަށިގަނޑުގައި ފެށެ އެވެ. މީގެ އިތުރުން އިސްޓާކީން ލައިގެން ނިދާނަމަ ކުއްލިއަކަށް ހަށިގަނޑަށް އަރާ ތަދުތަކުން ސަލާމާތްކޮށްދިނުމަށް އެހީވެދެ އެވެ.

ހަށިގަނޑުގެ ހޫނުމިން ހިފަހައްޓައިދޭ

ހަށިގަނޑަށް ކުއްލިއަކަށް އިހްސާސްކުރެވިގެންދާ ހޫނުކަމަކީ އާންމު ގޮތެއްގައި ހޯމޯނަލް އިންބެލެންސް އެއްގެ ސަބަބުން ދިމާވާ މައްސަލަ އެކެވެ. ހާއްސަކޮށް މައްސަރު ކަންކަމުގެ މައްސަލަ ހުންނަ އަންހެނުންނަށް ދިމާވާ މައްސަލަ އެކެވެ.އެހެންކަމުން އިސްޓާކީންލައިގެން ނިދާނަމަ ކުއްލިއަކަށް ހަށިގަނޑަށް އިހްސާސްކުރެވޭ ހޫނުކަމުން ސަލާމަތްކޮށްދިނުމަށް އެހީއަކަށް ވެގެންދާނެއެވެ.

ފުންނާބު ފަޅައިގެން ދިއުމުން ދުރުކޮށްދޭ

ފުންނާބު ފަޅައިގެން ދިއުމާއި ހަންފޮޅުން ފަދަ މައްސަލަތަކަކީ ބައެއް މީހުންނަށް ދިމާވާ ވަރަށްބޮޑު މައްސަލައެކެވެ. އިސްޓާކީން ލައިގެން ނިދާނަމަ މިކަމަށްވެސް ހައްލު ލިބިގެންދެ އެވެ، ފައިގައި މޮއިސްޗަރައިޒިން ލޯޝަނެއް އުގުޅުމަށްފަހު އިސްޓާކީން ލައިގެން ނިދުމުން ފުންނާބު ފަޅައިގެން ދިއުމާއި ހަންފޮޅުން ފަދަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ އެވެ.