މިދިޔަ ޖޫންމަހު ފުލުހުންނަށް 746 މައްސަލައެއް ހުށައެޅިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެގިނައިން ހުށައެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ، އެގޮތުން ޖޫންމަހުގެ ތެރޭގައި ވައްކަމުގެ 172 މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ.

މީގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ރިޕޯޓް ކޮށްފައިވަނީ އެކްސިޑެންޓްގެ މައްސަލަތަކެވެ. އެއީ 140 މައްސަލަ އެވެ.

މީގެ އިތުރުން ހުށައެޅިފައިވާ މައްސަލަތަކަކީ

- މުދަލަށް ގެއްލުން ދިނުމުގެ 39 މައްސަލަ

- މަކަރާއި ހީލަތް ހެދުން 55 މައްސަލަ

- ޖިންސީ ގޯނާގެ 20 މައްސަލަ

- އަނިޔާ ކުރުމުގެ 45 މައްސަލަ

- ގެވެށި އަނިޔާ 11 މައްސަލަ

- ފޭރުމުގެ 21 މައްސަލަ

- ފޯޖް ކުރުމުގެ 9 މައްސަލަ

- މަސްތުވާތަކެއްޗާ ގުޅޭ 117 މައްސަލަ

- އެއްޗެހި ގެއްލުމުގެ 116 މައްސަލަ އެވެ.

ކޮންމެ މަހަކު ވެސް ފުލުހުން ތަފާސް ހިސާބުތައް ނެރޭއިރު އެންމެ ގިނައީ ވައްކަމާއި އެކްސިޑެންޓާއި ފޭރުމުގެ މައްސަލަ ތަކެވެ.