އިންސާނުންނަކީ ކާއިނާތުގައިވާ މަހްލޫގުންގެ ތެރެއިން އެންމެ ބާރުގަދަ އަދި ނުރައްކާތެރި މަހްލޫގުން ކަމުގައި އަބަދުވެސް ބުނެވެ އެވެ. އެހެން ނަމަވެސް ފުރަތަމަ ފަހަރަށް ސައިންސްވެރިން މިވަނީ މިކަމާ ބެހޭ ތަފާސް ހިސާބުތަކެއް މިވަނީ އާއްމު ކޮށްފަ އެވެ.
އިނގިރޭސި ވިލާތުގެ ސެންޓަ ފޯ އިކޯލޮޖީ އެންޑް ހައިޑްރޮލޮޖީގެ ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ ދުނޔޭގައި ލައްވާފައިވާ މަހުލޫގުންގެ ތިންބައިކުޅަ އެއްބަޔަކީ އިންސާނުން ކާނާގެ ގޮތުގައި ޝިކާރާކުރާ މަހުލޫގުން ކަމަށާއި އޭގެ ތެރޭގައި ދުނިޔެއިން ނެތި ދިއުުމުގެ ބިރު ހީވެފައިވާ ބާވަތްތައް ވެސް ހިމަނޭ ކަމަށެވެ.
އެހެން ކަމުން އިންސާނުންނަކީ އެހެން އެއްވެސް މަހުލޫގަކަށްވުރެ ބޮޑަށް ދުނިޔޭގެ އިކޯ ސިސްޓަމަށް ހުރި ނުރައްކަލެއް ކަމަަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ދިރާސާގައި ބުނާ ގޮތުންނަމަ އިންސާނުން ޖުމްލަ 14،663 ދިރޭތަކެތީގެ ބާވަތް ކާނާގެ ގޮތުގައި ބޭނުން ކުރެ އެވެ. އޭގެ ތެރެއިން 39 ޕަސެންޓަކީ ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ ތަކެއްޗެވެ.
"އަހަރުމެންނަށް ހޯދުނު ހޯދުންތަކަކީ ހައިރާން ކުރުވަނިވި ހޯދުންތަކެއް. އަހަރުމެން އިންސާނުންގެ ނުރައްކާ މި ދުނިޔެއަށް ވަރަށް ބޮޑު" ދިރާސާގައި އިސްކޮށް އުޅުއްވި ބޭފުޅަކު ވިދާޅުވި އެެވެ.
އޭނާ އިތުރަށް ވިދާޅުވީ ފާއިތުވަމުން ދާ ދުވަސްތަކާއެކު އިންސާނުންގެ އަމަލުތަކުގެ އަސަރު ތިމާވެށްޓަށާއި ދިރޭތަކެއްޗަށް ކުރާ މިންވަރު އިތުރު ވަމުން އަންނަ ކަމަށެވެ.
އެހެން ކަމުން ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށްޓާއި ދިރޭތަކެތި ރައްކާތެރި ކުރަން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.
33 އަހަރު ކުރީގެ ފިލްމެއް ނެޓްފްލިކްސް ޗާޓުގެ އެންމެ ކުރީގައި!
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
ސޯޝަލް މީޑިއާގެ ސަބަބުން އެކުވެރިކަމަށް ބޮޑު އަސަރެއް!